Roadha Mihaaru
ޗެލްސީ އަށް ހަ ޕޮއިންޓުގެ ލީޑެއް

ޗެލްސީ އަށް ހަ ޕޮއިންޓުގެ ލީޑެއް

15 ޑިސެމްބަރ 2016

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރޭލިގޭޝަނުގައި އޮތް ސަންޑަލެންްޑް އަތުން 1-0 އިން މޮޅުވެ ޗެލްސީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރޭލިގޭޝަނުގައި އޮތް ސަންޑަލެންްޑް އަތުން 1-0 އިން މޮޅުވެ ޗެލްސީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ކުރިން ލީގުގެ ދެ ވަނައިގައި އޮތް އާސެނަލް ކުޅުނު މެޗުން ބަލިވުމުން ޗެލްސީ ރޭގެ މެޗަށް ނުކުތްއިރު އޮތީ ލީޑުފުޅާކުރަން ފުރުސަތު ލިބިފަ އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ 16 މެޗުން 40 ޕޮއިންޓާ އެކު އެވެ. ރޭ މިޑްލްސްބަރާ އަތުން 3-0 އިން މޮޅުވެ، ލިވަޕޫލް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އާސެނަލަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ.

ސަންޑަލެންޑް ކޮޅަށް ރޭގެ މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސެސް ފަބްރެގަސް އެވެ. ރޭގެ މެޗުގައި ޗެލްސީން ވަނީ ޓީމުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެއީ ނިމެންޔާ މަޓިޗްގެ ބަދަލުގައި ފަބްރެގަސް އަދި އަނިޔާގެ ސަބަބުން ރޭގެ މެޗު ގެއްލުނު އެޑެން ހަޒާޑްގެ ބަދަލުގައި ވިލިއަން އެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަމަކޮށްފަ އެވެެ.

މިޑްލްސްބަރާއާ ދެކޮޅަށް ރޭ ލިވަޕޫލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އެޑަމް ލަލާނާ އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. މިއީ ލީގުގައި އޮރީގީ ޖެހިޖެހިގެން ލަނޑު ޖެހީ ހަތަރު ވަނަ މެޗެވެ.

މެޗުގެ ފަހު ވަގުތު ޒަލަޓަން އިބްރަހިމޮވިޗް ވައްދާލި ލަނޑުން މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޔުނައިޓެޑަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޕައުލް ޕޮގްބާ އެވެ. ދެ ވަނަ ހާފްގައި ޕެލަސްގެ ޖޭމްސް މެކާތާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އިބްރަހިމޮވިޗް ޔުނައިޓެޑް މޮޅުކޮށްދިނީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ.

ރޭ ޓޮޓެންހަމް ކުޅުނު މެޗުން ހަލް ސިޓީ އަތުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކުރީ ކްރިސްޓިއަން އެރިކްސަން ދެ ލަނޑާއި ވިކްޓަ ވަންޔާމާ އެއް ލަނޑެވެ.

ފޯމު ދަށްވެފައި އޮތް މެންޗެސްޓާ ސިޓީ ވަނީ ރޭ ކުޅުނު މެޗުން ވަޓްފޯޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ ލީގުގައި އަމިއްލަ ދަނޑު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެެރެއިން ސިޓީ މޮޅުވި ފުރަތަމަ ފަހަރެވެ. ސިޓީ އަށް ރޭގެ މެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދިނީ ޕަބްލޯ ޒަބަލޭޓާ އާއި ޑޭވިޑް ސިލްވާ އެވެ.

ސިޓީ މި މޮޅާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.