27 ޑިސެމްބަރ 2018
ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ދެ ވަނަ މަގާމު ގެއްލިއްޖެ އެވެ.
ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ދެ ވަނަ މަގާމު ގެއްލިއްޖެ އެވެ.
ލީގުގެ މެޗުތައް ދެ ބައިވިއިރު، ލިވަޕޫލް އެއް ވަނައިގައި އޮތީ 19 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ބޯންމައުތު އަތުން 5-0 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަަމަށް 19 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސިޓީ އޮތީ 19 މެޗުން 44 ޕޮއިންޓާ އެކު އެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑޭޔާން ލޮވްރެން، މުހައްމަދު ސަލާހު، ޒެރްޑަން ޝަގީރީ އަދި ފަބީނިއޯ އެވެ. މި މެޗުން ލިވަޕޫލް ހޯދި މޮޅާ އެކު އެ ޓީމުން ވަނީ 2018 ވަނަ އަހަރު ލީގުގައި 26 މޮޅު ހަމަކޮށްފަ އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހަ ޕޮއިންޓުގެ ލީޑެއް ލިބުނަސް އަދި އުފާކުރެވެން ނެތް ކަމަށާއި އަދި އެއް ފަހަރު ހުރިހާ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން އަބަދުވެސް ވިސްނަނީ ލިބިފައި އޮތް ލީޑަކަށް ވުރެ ބޮޑަށް ކުރިއަށް ކުޅެން ޖެހިފައި އޮތް މެޗަށް ކަމަށެވެ.
ސިޓީ ރޭގެ މެޗުގައި ބަލިވިއިރު މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު ލީގުގައި އެ ޓީމު ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން 11 މެޗުން މިހާތަނަށް ބަލިވިއިރު، އޭގެ ތެެރެއިން ހަ މެޗު ކުޅުނީ ޑިސެމްބަރު މަހުގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުން ސިޓީން ރޭގެ މެޗު ފަށައިގެން ލެސްޓާ އަށް ޕްރެޝަރުކޮށް ލީޑުނެގި އެވެ. ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން އެ ލަނޑު ޖެހީ ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާ އަށް އެއްވަރުކޮށްދިނީ މާކް އޮލްބްރައިޓަން އެވެ. ދެ ވަނަ ހާފުގައި ލެސްޓާ މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާ ރިކާޑޯ އެވެ. ސިޓީން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފަބިއަން ޑެލްފަށް ރަތް ކާޑު ދެއްކުމުންނެވެ.
ސިޓީގެ ސާނޭ (ވ) ކައިރިން ލެސްޓާގެ އޮލްބްރައިޓަން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމްގެ ސޮން ހެއުން މިން ދެ ގޯލް ޖެހިއިރު އެހެން ގޯލްތައް ޖެހީ ކްރިސްޓިއަން އެރިކްސެން، ލޫކަސް މޯރާ އަދި ހެރީ ކޭން އެވެ. މި މޮޅާ އެކު ދެ ވަނަ އަށް އެރި ނަމަވެސް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެ ޓީމަށް ލީގަށް ވާދަކުރެވޭ ވާހަކަތައް އެހާ ބޮޑަށް ދައްކަން ޖެހޭ ކަމަށް އަދި ގަބޫލުނުކުރާ ކަމަށެވެ.
ރޭ ވަޓްފޯޑް އަތުން 2-1 އިން މޮޅުވެ ޗެލްސީ ވަނީ ހަތަރު ވަނައިގައި މަގާމު ދަމަހައްޓައިފަ އެވެ. އެޑެން ހަޒާޑް ރޭގެ މެޗުގައި ދެ ގޯލު ޖެހިއިރު، އޭނާ ވަނީ ޗެލްސީ އަށް 100 ލަނޑު ހަަމަކޮށްފަ އެވެ. ވަޓްފޯޑްގެ ލަނޑު ޖެހީ ރޮބާޓޯ ޕެރޭރާ އެވެ.
ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އާސެނަލް ވަނީ ރަށުންބޭރުގައި 1-1 އިން ބްރައިޓަންއާ އެއްވަރުވެފަ އެވެ. އާސެނަލްގެ އޮތީ 19 މެޗުން 38 ޕޮއިންޓެވެ. ޕިއޭ އެމެރިކް އޮބާމަޔަންގެ ލަނޑުން އާސެނަލް ލީޑުނަގާފައިވަނިކޮށް ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޔާގަން ލޮކާޑިއާ އެވެ.
ލީގުގެ ހަ ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި ހަޑްސްފީލްޑް ޓައުން އަތުން 3-1 އިން މޮޅުވެފަ އެވެ. ކޯޗު އޮލެ ގުނާ ސޯލްޝެއާގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކީ ޕައުލް ޕޮގްބާ އެވެ. އޭނާ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ މަޓިޗް އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ލިވަޕޫލަށް މުހިއްމު މޮޅެއް، ޓޮޓެންހަމުން ފައިދާނަގައިފި
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް