މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
12 ޖެނުއަރީ 2022
މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން 10 މީހަކަށް ދައުވާކުރެ އެވެ. އެއީ ނ. ވެލިދޫ ބީޗްހެވަން، ޖުމާން މުސްތަފާ އާއި ހދ. ކުމުންދޫ ޑިއާފްރެންޑް، އިބްރާހިމް ސިނާނާއި ގއ. ކޮލަމާފުށީ ސޯސަންގޭ އިބްރާހިމް ޒައިދު ހަބީބާއި ކ. މާފުށި ސްވީޓްމީޑް އަހުމަދު މާހިރާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށް އެމްޑީ މޮބިން އާއި އެމްޑީ ރަފީގުލް އިސްލާމްގެ އިތުރުން ދ. ބަނޑިދޫ ޕޮލަރިސް މުހައްމަދު ހުސައިން އާއި ލ. ކަލައިދޫ ޖަނަވަރީމާގޭ މުހައްމަދު އަހުމަދުގެ އިތުރުން ގއ. ދެއްވަދޫ ދޭލިއާގޭ މިދުހަތު އިބްރާހިމްގެ އިތުރުން މ. ކޮޅުފުށީ ޒަހީރާމަންޒިލް އަހުމަދު ޝިރުހާން ޝަމީމްގެ މައްޗަށެވެ.
އޭގެ ތެރެއިން ޖުމާން، ސިނާން، ޒައިދު، މާހިރު، މުހައްމަދު އަހުމަދު، މުހައްމަދު ހުސައިން އަދި ދެ ބިދޭސީންގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މިދުހަތާއި ޝިރުހާންގެ މައްޗަށް ކުރަނީ ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. އަދި ޖުމާނާއި މުހައްމަދު އަހުމަދާއި އެމްޑީ ރަފީގުލްގެ މައްޗަށް ވެސް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރާއިރު، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާއެއް ވެސް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލާގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ލިބިގެންވާ ހައްގުތައް ވަނީ ބަޔާންކޮށްދީފަ އެވެ. އަދި ވަކީލުން ހަމަޖެއްސުމުގެ ފުރުސަތަކަށް ދައުވާލިބޭ މީހުން އެދުމުން އެ ފުރުސަތު ވަނީ ދީފަ އެވެ. ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު އަންނަ މަހާ ހަމައަށް ވަނީ ދީފަ އެވެ.
އެ މައްސަލާގެ ޝަރީއަތް ފެށިއިރު، އެ މައްސަލާގެ ތުހުމަތުގައި 10 މީހަކު އެންމެ ފުރަތަމަ ހައްޔަރު ކުރިޔަސް، މިވަގުތު ބަންދުގައި ތިބީ ދެ ބިދޭސީން އެކަންޏެވެ.
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 7މީހުން ދޫކޮށްލައިފި
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި