Roadha Mihaaru
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ

މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ

13 ޖެނުއަރީ 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް އަންނަ ހަފުތާގައިި ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް އަންނަ ހަފުތާގައިި ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން މަހްލޫފަށް ދިން 33،000 ޑޮލަރު (500،000 އަށް ވުރެ ގިނަަ ރުފިޔާ) ގެ މައްސަލައިގަ އެވެ.

މިއީ މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ދައުވާކުރި ފުރަތަމަ ފަހަރެވެ.

އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެ އެވެ.

އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ކުރިޔަސް، ފަހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެސްއޯއެފްއާ އެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށާއި އެ ކުންފުނިން އޭނާއަށް ދިނީ އެމްއެމްޕީއާރުސީގެ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.