ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށާއި އެ އަތޮޅުގައި ހުރި ފަޅު ރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރަށް ގޮވާލައި، އަތޮޅު ކައުންސިލުން ވަރުގަދަ ގަރާރެއް އިއްޔެ ފާސްކޮށްފި އެވެ.
14 ޖެނުއަރީ 2022
ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށާއި އެ އަތޮޅުގައި ހުރި ފަޅު ރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރަށް ގޮވާލައި، އަތޮޅު ކައުންސިލުން ވަރުގަދަ ގަރާރެއް އިއްޔެ ފާސްކޮށްފި އެވެ.
އެ ގަރާރުގައި ބުނީ ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތައް އަދި ފަޅު ރަށްތަކުގެ ހާލަތު ބެލިއިރު ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި ވަރުވާއަށް ދޫކޮށްފައި ހުރި ބައެއް ރަށްރަށް ކުނި އަޅައި ފުރާލުމާއި ހުއްދަ ނުނަގައި ބައެއް ރިސޯޓުތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުން ދިއުން އަދި ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރުން ހިމެނެ އެވެ.
އެކަންކަމާ ގުޅިގެން ފާސްކުރި ގަރާރުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގިނަ ކަންތައްތަކެއް ގޮވާލާފައިވެ އެވެ. އެއީ؛
- ބ. އަތޮޅުގައި އެއްވެސް ރިސޯޓެއް ނުހެދުމަށާއި އިތުރު ރިސޯޓެއް ހަދާނަމަ އެކަން އަތޮޅު ކައުންސިލްގެ ހުއްދަ ހޯދުން
- ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށްދިނުމަށް
- ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުން
- ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ނުވަދެ ހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި ފަޅުތައް ބަލަހައްޓަން ހަވާލުކުރުން
- ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާ މެދު ފިޔަވަޅު އެޅުން
- ބ. އަތޮޅު ބަޔޮސްފިއާ ރިޒާވަކީ އަތޮޅު ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖައްސައިދިނުން
ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް އަތޮޅު، ބ. އަތޮޅުގައި މިހާރު ވެސް 18 ރިސޯޓު އެބަ ހިންގަ އެވެ. އަދި އިތުރު ތިން ރިސޯޓެއް ހަދަން ބަޔަކާ ހަވާލުކޮށްފައިވެ އެވެ.
އެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ "މިހާރު" އަށް ވިދާޅުވީ 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތް ކަމަށެވެ. އަތޮޅުގައި 50 އަށްވުރެ ގިނަ ފަޅު ރަށް އޮތްއިރު، އެއްވެސް މަސައްކަތެއް ނުކޮށް މި ވަގުތު އޮތީ އެންމެ ހަތަރު ވަރަކަށް ރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ދޫކުރާ ތަންތަނުގައި ކުރަނީ ދަނޑުވެރިކަން ކަމެއް ޔަގީނެއް ނޫން. ދަނޑުވެރިކަމުގެ ނަމުގައި ރަށް ނަގައި އެ ރަށުގައި ޕޫލް ހަދައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި މީހުން އެބަ ގެންދޭ.
އެ ތަނުން އެއް ރަށް ބަޔޮސްފިއާ ރިޒާވްގެ ދަށުގައި، އަނެއް ރަށް ޓޫރިޒަމްގެ ބޭނުމަށް ބާއްވާފައި އަދި އޭދަފުށީ ކައުންސިލުން ބަލަހައްޓަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށެއް ވެސް ހަވާލުކުރި އެވެ.
އޭނާ ވިދާޅުވި ވަރުވާއަށް ދޫކޮށްފައި ހުރި ރަށްތަކުގެ މޫދަށާއި ރަށުގެ އެކި ހިސާބަށް ދަގަނޑު ކުންފުންޏާއި ލަކުޑި އާއި އެކި ޒާތުގެ ކުނި އަޅައި ގުދުރަތީ ވެށި ހަލާކުކޮށްލާފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް ނަގާފައި ހުރި ބައެއް ތަންތަންގައި އެ ކަމާ ގުޅޭ އެއްވެސް ކަމެއް ނުކޮށް ހަދާފައި ހުރީ ބޮޑެތި ގުދަންތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ދަނޑުވެރިކަމަށް ދޫކުރާ ތަންތަނުގައި ކުރަނީ ދަނޑުވެރިކަން ކަމެއް ޔަގީނެއް ނޫން. ދަނޑުވެރިކަމުގެ ނަމުގައި ރަށް ނަގައި އެ ރަށުގައި ޕޫލް ހަދައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި މީހުން އެބަ ގެންދޭ،" މާޅޮހު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
މުޅި ބ. އަތޮޅުން އެކި ޓެކްސްތަކަށް އަހަރެއްގެ މައްޗަށް 557 މިލިއަން ރުފިޔާ ދައްކަ އެވެ. ނަމަވެސް އަތޮޅުގެ ގިނަ ރައްޔިތުން ތިބީ އަސާސީ ބޭނުންތަކުން މަހްރޫމްވެފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ހުރި ފަޅު ރަށްތަކާއި ތަންތަނުން ސީދާ އަތޮޅަށް ފައިދާކުރާނެ ގޮތެއް ނޫނީ ނުކުރެވޭނެކަން އަންގައިދޭން ބޭނުންވީ. އެކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެބަ މަސައްކަތްކުރަން،" ޝުޖާއު ވިދާޅުވި އެވެ.
އިހްތިސާސުން ބޭރު ފަޅު ރަށްތައް ކައުންސިލްތަކަށް ދެނީ
ކައުންސިލްގެ ނިންމުމާ ހިލާފަށް ރިސޯޓު ހަދާތީ ކަންބޮޑުވޭ
ފަޅުރަށްތައް ކުއްޔަށްދޭއިރު މަޝްވަރާކުރަން ޖެހޭނެ
ބ. އަތޮޅުފެރީ ހަލާކުވެ ދަތުރު ނުކުރެވޭތީ ކަންބޮޑުވުން
ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
ހަނިފަރު ފަރަށް އެރި ދޯނި ފުންކޮށްފި
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
މާރިކިލު 40 އަހަރު ފަހުން އަތުލީ ރަނގަޅަށް: ކޯޓު
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް