ބ. އަތޮޅުގައި މިހާރު ބޭނުން ނުކޮށް އޮތް ދެ ރަށުގެ ތެރެއިން، އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާއްޑޫ، ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
14 ޑިސެމްބަރ 2020
ބ. އަތޮޅުގައި މިހާރު ބޭނުން ނުކޮށް އޮތް ދެ ރަށުގެ ތެރެއިން، އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާއްޑޫ، ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ބ. އަތޮޅުގެ މީހުން އާއްމުކޮށް ދަތުރު ގޮސް އުޅޭ 27 ހެކްޓަރުގެ ރަށް، ދަނޑުވެރިކަން ކުރުމަށް ބިޑަށް ލުމުން ރެކޯޑް އަދަދަކަށް މީހުން ކުރިމަތިލަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
އެކަމަކު ސަރުކާރުގެ މި ނިންމުން ކަމުނުގޮސްގެން އެ އަތޮޅުގެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. އެ މީހުންގެ އެންމެ ކަންބޮޑުވުމަކީ އަތޮޅުގެ މީހުން ދަތުރު ގޮސް މަޖާކޮށްލަން ރަށެއް ނުބާއްވައި، ރަށްތައް ދަނޑުވެރިކަން ކުރުމަށް ދޫކޮށްލުމުން، އެ ރަށްތަކުގައި މަސައްކަތް ނުކޮށް މުއްސަނދިން ޗުއްޓީ ހޭދަކުރުމަށް ހާއްސަ ކުރުމެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ މާއްޑޫގައި ދަނޑުވެރިކަން ކުރުމަށް އިއުލާން ކުރި ބިޑު ބާތިލްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބެއް ނުބުނި ނަމަވެސް، ބ. އަތޮޅުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބޭނުމެއް ނުކުރެވި، އެތަންތަން މަހުޖަނުންގެ "ހޮލިޑޭހޯމް"އަކަށް ހަދާކަމުގެ ކަންބޮޑުވުން ރޭ ވަނީ ފާޅުކޮށްފަ އެވެ.
ބ. އަތޮޅުގައި 82 ރަށް އޮންނައިރު ގިނައީ ރިސޯޓުތަކާއި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކެވެ. ދަނޑުވެރިކަމަށް ފަސް ރަށާއި އިތާމުތް އުފައްދައި ތަރައްގީކުރުމަށް ރަށެއް ދޫކޮށްފައިވާ އިރު، ރައްޔިތުން ދަތުރުދާން މިހާތަނަށް އޮތީ މާއްޑު އާއި، އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ގާމަތީ ރަށެއް ކަމަށްވާ ދަކަންދޫ އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ރޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅުގެ ބޮޑެތި، ރީތި ރަށްތައް ދަނޑުވެރިކަމަށް އެތައް އަހަރަކަށް ދޫކޮށްފައި އޮންނައިރު އޭގެ މަންފާ އެއްވެސް ގޮތަކަށް ނުކުރުމެވެ. ދަނޑުވެރިކަން ކުރުމަށް އޮންނަ ހަ ރަށުން މިހާތަނަށް ހަ ވަޒީފާ ވެސް ނުއުފެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ދޫކޮށްފައި އޮންނަ ރަށްތައް. އެކަމަކު ގިނަ ރަށްތަކުގައި އޮންނަނީ ސްވިމިންޕޫލް ވެސް ހަދާފައި،" މަބްރޫކް ވިދާޅުވި އެވެ.
"އެއިން ރަށެއް ބަލާލުމަށް ވެސް އެއްވެސް މީހަކަށް ދެވެނީކީ ނޫން."
އައިދޫގައި ދަނޑުވެރިކަން ރަސްމީކޮށް ފަށައިފި
އާ މެނޭޖްމެންޓުން އައިދޫ ޓޫރިޒަމަށް ބޭނުން ނުކުރޭ
ކައުންސިލްގެ ނިންމުމާ ހިލާފަށް ރިސޯޓު ހަދާތީ ކަންބޮޑުވޭ
ފަޅުރަށްތައް ކުއްޔަށް ދިނުން މަޑުޖައްސާލައިފި
ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި
ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި
ތުނބުރި އެންމެ ފަހުން ދަނޑުވެރިކަމަށް ދޫކޮށްފި
"ދިވެހި އަލަ" ނެތިދަނީ، ހައްލު އެފްރިކާއިން؟
ކާށިހުޅުދޫ އަތުލި މައްސަލާގައި ބަދަލު ދޭކަށް ނުޖެހުނު
ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހަދަން ގޮވާލައިފި