Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކޮވިޑަށް ފަހު "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު

ކޮވިޑަށް ފަހު "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު އަލުން ދޭން ފަށަނީ

26 ޖެނުއަރީ 2022

ކޮވިޑާ ގުޅިގެން، ރާއްޖޭގެ ކުޅިވަރު މުބާރާތްތައް މެދުކަނޑާލާފައިވާތީ، ވޭތުވެދިޔަ ދެ އަހަރު ނުބޭއްވި ދިޔަ "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން، ރާއްޖޭގެ ކުޅިވަރު މުބާރާތްތައް މެދުކަނޑާލާފައިވާތީ، ވޭތުވެދިޔަ ދެ އަހަރު ނުބޭއްވި ދިޔަ "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

"މިހާރު" ގެ އިސް އޮފިޝަލަކު ވިދާޅުވީ، "މިހާރު އެވޯޑްސް" އަށް ބަދަލު ގެންނައިރު އިތުރު ކުޅިވަރުތަކެއް ވަނީ ހިމަނައިފައި ކަމަށެވެ. އަދި އެވޯޑަށް ކަނޑައަޅައިފައިވާ އިނާމު ފައިސާގެ އަދަދު ވެސް 300،000ރ. އަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް ކުޅިވަރުގެ ތަރިން ހިމަނައިގެން ބާއްވާ ސީއެސްއާރުގެ ބޮޑު އިވެންޓް ވެސް އަންނަ މަހުގެ 26 ގައި އަތޮޅުތެރޭގެ ރަށެއްގައި އޮންނާނެ އެވެ.

މީގެ އިތުރުން "މިހާރު އެވޯޑްސް" ގެ ދަށުން ކުރިއަށް ގެންދާ ސީއެސްއާރްގެ ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، މުޅިން އާ ހަރަކާތްތަކާއެކު މުޅި އަހަރަށް ބަހައިލައިގެން ފަސް ރަށެއްގައި ހިންގަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އެ ރަށެއްގެ ކުޅިވަރު ކޮމިއުނިޓީ އަށް އެހީވުމެވެ.

"މިހާރު އެވޯޑްސްގެ" 2018 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ އަޝޤފާގް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމު ދެއްވަނީ –-- މިހާރު ފައިލް ފޮޓޯ: ރައީސް އޮފީސް

"މިހާރު އެވޯޑްސްގެ" 2018 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ އަޝޤފާގް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމު ދެއްވަނީ –-- މިހާރު ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ކުޅިވަރުތަކުން ވަނަ ހޯދާ އެތުލީޓުންނާއި ކުޅިވަރުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "މިހާރު" އިން އެވޯޑެއް ތައާރަފް ކުރީ 2017 ގަ އެވެ. ކުރީގެ "ހަވީރު" ނޫހުން ވަނީ 1994 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު "ހަވީރު ސްޕޯޓްސް އެވޯޑް" ގެ ނަމުގައި ކުޅިވަރުގެ އެވޯޑްތައް ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ގިނަ ކުޅިވަރު މުބާރާތްތައް ވޭތުވެދިޔަ ދެ އަހަރު ބާއްވާފައި ނުވާތީ "މިހާރު އެވޯޑްސް" ދީފައެއް ނުވެ އެވެ. އެންމެ ފަހުން އެ އެވޯޑް ބާއްވާފައި ވަނީ 2019 ގަ އެވެ. އެއީ 2018 ގައި ކުޅިވަރުތަކުން ވަނަ ހޯދި މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި 2019 ގައި ގިނަ ކުޅިވަރުތަކުން، މުބާރާތްތައް ބާއްވައިފައި ނުވާތީ އެ އަހަރުގެ އެވޯޑް ދޭނީ، ރާއްޖެ އިން ބައިވެރިވި ބައިނަލްއަގްވާމީ ދެ ގޭމްސް ކަމަށްވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދި އެތުލީޓުންނަށެވެ. މި އިވެންޓް އަންނަ މާޗުމަހުގެ 23 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

"މިހާރު އެވޯޑްސް" އިން ބޭއްވި ސީއެސްއާރު ހަރަކާތެއްގެ ތެރެއިން ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް ކުޑަކުއްޖަކު އުރާލައިގެން --- ފައިލް ފޮޓޯ: މިހާރު

"މިހާރު އެވޯޑްސް" އިން ބޭއްވި ސީއެސްއާރު ހަރަކާތެއްގެ ތެރެއިން ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް ކުޑަކުއްޖަކު އުރާލައިގެން --- ފައިލް ފޮޓޯ: މިހާރު