17 ޖެނުއަރީ 2022
ޑްއާލޯ، ކެމެރޫން (ޖެނުއަރީ 17) - އެފްރިކަން ކަޕް އޮފް ނޭޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، އަލްޖީރިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްރިކާގެ އެންމެ ކުޑަ އެއް ގައުމު އިކުއެޓޯރިއަލް ގިނީން ހައިރާންކަން ގެނެސްފި އެވެ.
ޑްއާލޯ، ކެމެރޫން (ޖެނުއަރީ 17) - އެފްރިކަން ކަޕް އޮފް ނޭޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، އަލްޖީރިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްރިކާގެ އެންމެ ކުޑަ އެއް ގައުމު އިކުއެޓޯރިއަލް ގިނީން ހައިރާންކަން ގެނެސްފި އެވެ.
އާބާދީ އާއިި ގައުމުގެ ފުޓްބޯޅައިގެ ނިސްބަތަށް ބެލިއަސް އަލްޖީރިއާ އާ އިކުއެޓޯރިއަލް ގިނީގައި ހުރި ވަސީލަތްތަކާ ނުބައްދަލެވެ. ޔޫރަޕްގެ ލީގުގައި ކުޅޭ މަޝްހޫރު ތަރިއެއް ނެތި އިކުއެޓޯރިއަލް ގިނީން ހޯދި ކާމިޔާބާއެކު އެޓީމު އޮތީ ދެވަނަ ބުރަށް ދިއުމުގެ އުންމީދެއްގަ އެވެ. ގުރޫޕް އީ ގެ ދެވަނަ މަގާމުގައި އެޓީމު އޮތީ ތިން ޕޮއިންޓާއެކު އެވެ. އަލްޖީރިއާ އޮތީ ގުރޫޕްގެ ފުލުގަ އެވެ. ތިންވަނައިގައި އޮތީ ސިއެރަލިއޯން އެވެ.
ކެމެރޫންގެ ޑްއާލޯ ގައި ރޭ ކުޅުނު މެޗުގައި އެކުއެޓޯރިއަލް ގިނީގެ ލަނޑު އަލްޖީރިއާކޮޅަށް ޖަހައިދިނީ އެސްޓަބާން އޮބިއަންގް އެވެ. މެޗުގެ 20 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ނެގި ކޯނަރަކުންނެވެ. އެ ލަނޑުން، އިކުއެޓޯރިއަލް ގިނީން ވަނީ، އަލްޖީރިއާ އިން، ބަލިނުވެ ދަމަހައްޓަމުން އައި ޓްރެކަށް ނިމުން ގެނެސްފަ އެވެ.
މީގެ ކުރިން އަލްޖީރިއާ މެޗަކުން ބަލިވީ އޮކްޓޯބަރު 2018 ގަ އެވެ. ރެއާ ހަމައަށް އެޓީމުން ވަނީ ބަލި ނުވެ 35 މެޗު ފުރިހަމަ ކޮށްފަ އެވެ. ސިއެރަލިއޯން އިން ވަނީ، އެއްވަނައިގައި އޮތް އައިވަރީ ކޯސްޓް މޮޅުވިޔަ ނުދީ ހިފަހައްޓާފަ އެެވެ.
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު ގައުމީ ޓީމަށް
މީޑިއާނެޓްގެ 'އައިސް' ޗެނަލުން އެފްރިކަން ކަޕް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް