އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރު ވެފައިވާ ޅ. މަޑިވަރު އެއާޕޯޓްގެ އެންމެ އިސް މަގާމަށް ނައިފަރުގެ ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް، އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
15 ފެބުރުއަރީ 2022
އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރު ވެފައިވާ ޅ. މަޑިވަރު އެއާޕޯޓްގެ އެންމެ އިސް މަގާމަށް ނައިފަރުގެ ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް، އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ނާކާމިޔާބުވި، ކާރިމް ހަމަޖެއްސީ މަޑިވަރު އެއާޕޯޓްގެ އެގްޒެކެޓިވް އެއާޕޯޓް މެނޭޖަރުގެ މަގާމަށެވެ.
ކާރިމް މިއަދު ވިދާޅުވީ، އޭނާ މާދަމާ އިން ފެށިގެން އެއާޕޯޓްގައި މަސަައްކަތް ކުރައްވަން ފައްޓަވާނެ ކަމަށެވެ.
މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ގަ އެވެ. މި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ.
އެ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މި މަހު ފަށަން ނިންމާފައިވީ ނަމަވެސް އަދި ޓިކެޓް ވިއްކާކަށް ނުފަށަ އެވެ.
މަޑިވަރު އެއާޕޯޓުގެ ރަންވޭގައި 1،200 މީޓަރު ހުންނާނެ. މިއެއާޕޯޓަށް 11 މިލިއަން ރުފިޔާ ހޭދަކުރި--
މިދިޔަ މަހު ފަހުކޮޅު ވަނީ މަޑިވަރު އެއާޕޯޓްގެ ގިނަ ވަޒީފާތަކަކަށް މީހުން ނަގައިފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ސާވިސަސް އެގްޒެކެޓިވްް، އެއާޕޯޓް ސާވިސަސް އެގްޒެކެޓިވް ޓްރެއިނީ، ލީޑިން ފަޔާމަން، ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓާ، ޕަވާ ހައުސް އެންޑް މެއިންޓަނެންސް ސުޕަވައިޒަރު، ޕަވާ ހައުސް އެޖެންޓް ޓްރެއިނީ، މެއިންޓަނެންސް ކޯޑިނޭޓަރު ފަދަ މަގާމުތައް ހިމެނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުނި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހު އެވެ. އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންގެއް އަދި އެއާޕޯޓް ޓާމިނަލެެއް ވަނީ ހަދައިފަ އެވެ.
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި
ސ. ގަމުން ކޫއްޑު އަށް ދަތުރުތައް ފަށަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ
ހޯރަފުށި އެއާޕޯޓުގެ ދަތުރުތައް ކެންސަލްކޮށްފި