Roadha Mihaaru

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖުތައް ކައިރީގައި ހަތް ކެފޭ/ރެސްޓޯރެންޓެއް ހަދަން ހުޅުވާލައިފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލާ، ޗެނަލް ޕާކް ސަރަހައްދުގައި ހަތް ކެފޭ/ރެސްޓޯރެންޓް ހަދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

ހުޅުމާލޭގެދެވަނަ ފިޔަވަހީގެ ބްރިޖުކައިރީގައި ކެފޭ ހަދަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

18 ޖެނުއަރީ 2022

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލާ، ޗެނަލް ޕާކް ސަރަހައްދުގައި ހަތް ކެފޭ/ރެސްޓޯރެންޓް ހަދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

މި ތަންތަން ހެދުމަށް ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ކަނޑައަޅާފައިވާއިރު، ރެސްޓޯރެންޓް ހަދަން ހަވާލުކުރާނީ އެ ފަރާތަކުން އެ ތަން ހަދައި ހިންގާ އުސޫލުންނެވެ.

މި ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.

ކެފޭ/ރެސްޓޯރެންޓު ހަދަން ދޫކުރާ ތަންތަން--

ކެފޭ/ރެސްޓޯރެންޓު ހަދަން ދޫކުރާ ތަންތަން--

މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30ގައި އޮންނާނެ އެވެ. މިއީ ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެކެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލަން ހަތް ބްރިޖު ވެސް މިހާރު ނިމިފައިވާއިރު މިހާރު ބޭނުންކުރަނީ ދެ ބްރިޖެވެ. ޗެނަލް ޕާކް ސަރަހައްދުގައި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ސްކޭޓް ޕާކަކާއި ރެސްޓޯރެންޓަކާއި އައުޓްޑޯ ޖިމެއް ވެސް ހަދަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.