16 ޑިސެމްބަރ 2016
ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ފެށުމަށް ސަރުކާރުން އެއްވެސް ޝަރުތެއް ކުރިމަތިނުކުރާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާތަކުގައި ކައުންސިލުން ކަނޑައަޅާ މަންދޫބުން ބައިވެރިވާން ސަރުކާރުން އެންގި އެންގުމަށް ބަދަލެއް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ފެށުމަށް ސަރުކާރުން އެއްވެސް ޝަރުތެއް ކުރިމަތިނުކުރާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާތަކުގައި ކައުންސިލުން ކަނޑައަޅާ މަންދޫބުން ބައިވެރިވާން ސަރުކާރުން އެންގި އެންގުމަށް ބަދަލެއް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކައުންސިލް މެދުވެރިކޮށް ކަނޑައަޅަން ރައީސް އޮފީހުން އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި ޕާޓީގެ އެއްވެސް ގުނަވަނަކުން ކަންކަން ކުރުމަށް ރައީސް އޮފީހަކަށް ނޭނގޭނެ އެވެ.
ޝައިނީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކައުންސިލް މެދުވެރިކޮށް މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅަން ނިންމީ ބައެއް ޕާޓީތަކުގެ ތެރޭގައި މައްސަލަ ޖެހި، ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރުމުން ކައުންސިލާ މަޝްވަރާނުކޮށް ގޮތެއް ނިންމައިފިނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެތީ އެވެ.
"އެންމެ ބޭފުޅަކު ބުނާ ބަހެއް ނުވާނެ މުޅި ޕާޓީގެ ބަހަކަށް. ޕާޓީތަކުގެ ތެރޭގައި ހިލާފުތަކެއް ހުރީމަ އަޅުގަނޑުމެން އެދުނީ ކައުންސިލުންނޭ ނަންތައް ފާސް ކުރަން ވާނީ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ކައުންސިލަކީ ޕާޓީތަކުގެ އެންމެ ބާރުގަދަ އެއް ގުނަވަނެވެ. މީގެ ކުރިން ޕާޓީތަކުން ކަންކަން ފާސް ކުރަނީ ކައުންސިލަށް ހުށަހަޅައިގެން ކަމަށް ވެސް ޝައިނީ ފާހަގަކުރެއްވި އެވެ. އެހެންވީމަ ކައުންސިލް މެދުވެރިކޮށް މަންދޫބުން ކަނޑަނޭޅެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން ނިންމާ ނިންމުންތަަކަކީ އެންމެން އެއްބަސްވެގެން ނިންމާ ނިންމުންތަކެއް. ކައުންސިލުން ނުނިންމާ މަންދޫބުން ކަނޑައެޅީމަ އިތުރު މައްސަލަތަކެއް ދިމާވެދާނެ،" ޝައިނީ ވިދާޅުވި އެވެ.
ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާތަކުގައި ބައިވެރިކުރަން ބޭނުންނަމަ، ކައުންސިލުން ފާސްކޮށްގެން އެކަން ކުރުމަށް ޝައިނީ އެދިވަޑައިގެންނެވި އެވެ. ކައުންސިލުން އެގޮތަށް ފާސްކޮށްފިނަމަ، ރައީސް ނަޝީދާއެކު ވާހަކަތައް ފަށަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން މަންދޫބެއްގެ ގޮތުގައި ނަޝީދު ކަނޑައަޅައިފިނަމަ، ނަޝީދު ރާއްޖެ ވަޑައިގެން ޖަލަށް ވަޑައިގަތީމަ، އަޅުގަނޑުމެން މިތިބީ ޖަލަށް ގޮސްގެން ވާހަކަ ދައްކަން" ޝައިނީ ވިދާޅުވި އެވެ.
"އެކަމަކު އެމްޑީޕީން ފަހަރަކު އެއްޗެއް ކިޔައިގެން އުޅެނީ މަޝްވަރާތަކުގައި ބައިވެރިނުވާން."
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމުގައި މެދުވެރިއެއްގެ ރޯލް ކުޅޭ އދ. އާއެކު މަޝްވަރާތައް ފަށަން ސަރުކާރުން އޮތީ ތައްޔާރަށެވެ.
ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި އެކަން ލަސްވަނީ ބައެއް ޕާޓީތަކުން ނަންތައް ނުފޮނުވާތީ ކަމަށެވެ. ސަރުކާރުގެ ގޮވާލުމަށް އިޖާބަދީ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އިންނެވެ.
މަޝްވަރާތައް ފަށަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިިޔަސް، އަދިވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެ އެވެ. މަޝްވަރާތަކަށް އެއްވެސް ޝަރުތެއް ކަނޑަނާޅާނެ ކަމަށް ސަރުކާރުން ބުނެފައި ފަހުން މަޝްވަރާ ކުރާނެ ބަޔަކު ކައުންސިލް މެދުވެރިކޮށް ކަނޑައަޅަން އެންގުމަކީ ސަރުކާރުގެ އިހުލާސްތެރިކަން ނެތުން ކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިކުރާނެ ބަޔަކު ވެސް އަދި ކަނޑަނާޅަ އެވެ.
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން: އެމްޑީޕީ
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟
ބިން މިލްކުކުރެވޭ އިސްލާހު އުވާލަން ފާސްކޮށްފި
މަރުގެ އަދަބު ނުދޭނެކަން ހާމަކުރި ޓުވީޓް ޑިލީޓްކޮށްފި
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން