ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދައި ދިނުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެ ދާއިރާއަށް ވަޑައިގަންނަވާނެ އެވެ.
25 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދައި ދިނުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެ ދާއިރާއަށް ވަޑައިގަންނަވާނެ އެވެ.
ވިލާގެ ޗެއާމަން ގާސިމް އެ ދާއިރާ އަށް ވަޑައިގަންނަވަން ނިންމެވިއިރު، ޖޭޕީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމް ވެސް ވަނީ ރާޝިދަށް ތާއީދު އިތުރުކުރުމުގެ ކަންކަމަށް ދާދި ފަހުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފަ އެވެ.
ޖޭޕީގެ އިސް ތަރުޖަމާން އަަދި ކައުންސިލް މެމްބަރު އަލީ ސޯލިހު، "މިހާރު" އަށް މިއަދު ވިދާޅުވީ، ގާސިމާއެކު ޖޭޕީގެ ވަފުދެއް ކޮމަންޑޫ ދާއިރާ އަށް ދާނީ މިއަދު މެންދުރުފަހު ކަމަށެވެ.
ދަތުރުގެ ތަފްސީލު ހިއްސާ ނުކުރެއްވި ނަމަވެސް މި ދަތުރުގައި ގާސިމާއެކު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި އަލީ ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ސީދާ ގޮތެއްގައި ތާއީދު ހޯދައި ދިނުމަށް ގާސިމް އެ ދާއިރާ އަށް ވަޑައިގަންނަވަން ނިންމެވުމާ އެކު، އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރިން ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ވަނީ ގާސިމަށް ފާޑުވިދާޅުވެފަ އެވެ.
ދަނގެތި ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ކުރީގެ އިސް މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދި އެމްއެންޕީގައި މިހާރު ހުންނެވި ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ހައިރިސްކް ބޭފުޅެއް ކަމަށް ވިދާޅުވެ، ގާސިމް ގެންދެވީ ފާއިތުވި ދެ އަހަރު ވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވައި މުސާރަ ނަންގަވަމުން ކަމަށެވެ.
ގާސިމްގެ ފޮޓޯއަކާއެކު ކުރެއްވި އެ ޓްވީޓުގައި ވަނީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ބަލައި ގާސިމް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވަން ތައްޔާރުވަމުން ގެންދަވަނީ ކެމްޕެއިނަށް ކަމަށެވެ.
"ރައްޔިތުންނަށް އިހްލާސްތެރި މަނިކުފާނަށް ވެވޭނީ ތި ވަރަކަށް،" ކޮމަންޑޫ ދާއިރާއަށް ގާސިމް ވަޑައިގަންނަވަން ނިންމެވުމުން ޝިދާތާ ވިދާޅުވި އެވެ.
2 aharu vee covid ge haalathaa gulhigen high risk beyfulheh veema majlihah vadainugannavaa musaara nangavaathaa. Covid ge haalathu enme goas vi dhandivalhu balaa mihaaru campaign ah. Rayyithunnah ihulaas theri manikfaanah veveynee thi varakah. https://t.co/moX9Ol4e7r
— Shidhatha Shareef (@iamshidhatha) January 24, 2022
މީގެ ހަތަރު ވަރަކަށް މަސް ކުރިން އުފެއްދި، އެމްއެންޕީން ވެސް ކޮމަންޑޫ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެފައިވެ އެވެ. އެ ޕާޓީން ނެރުނު އަބްދުލްހަންނާން އިދުރީސް އަށް ތާއީދު ހޯދުމަށް ޝިދާތާ ވެސް ވަނީ އެ ދާއިރާގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ.
މި އިންތިހާބުގައި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ތާއިދު ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ނުސީދާ ގޮތެއްގައި އެ ކެންޑިޑޭޓަށް ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ފާޑުކިޔައިފަ އެވެ. އެގޮތަށް ކަންކަން ނުކުރުމަށް ގޮވާލައި އެމްއާރުއެމުން ވަނީ އެކަން ހުއްޓުވަން ވެސް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
ރައީސަށް ވެރިކަން ކުރެއްވުނީ އެންމެ އަހަރަކު: ގާސިމް
އެމްޑީޕީ އަށް ވޯޓު ދޭންވީ ވެރިކަން އޮތީމާ: ގާސިމް
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟