ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ ފިހާރަ "ދަމާސް" ގެ "އިޔާ އެންޑް ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައފި އެވެ.
27 ޖެނުއަރީ 2022
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ ފިހާރަ "ދަމާސް" ގެ "އިޔާ އެންޑް ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައފި އެވެ.
"ދަމާސް ހޯމް" ގައި ބޭއްވި ކުޑަ ހަފުލާއެއްގައި ނަސީބުވެރިން ހޮވި މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމު ލިބުނީ އަހުމަދު އަލާން އަށެވެ. ދެވަނަ އަށް ހޮވުނީ އަލީ ފަޒީލެވެ. ތިން ވަނަ ނަސީބުވެރިއަކީ އިބްރާހިމް ޖަވާދެވެ.
އެއް ވަނަ އަށް ހޮވުނު މީހާ އަށް 20،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. ދެވަނަ އިނާމަކީ 15،000ރ. ގެ ވައުޗަރެކެވެ. ތިން ވަނަ އަށް 10،000ރ. އަދި ހަތަރު ވަނަ އަށް ހޮވުނު މީހާ އަށް 5،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން، އިންޑެކްސް ފިހާރަ އާއި ދަމާސް ހޯމް އާއި ދަމާސް ކިޗަން އިން ވެސް 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނެވެ. އަދި ދަމާސްގެ އޮންލައިން ފިހާރަ "ދަމާސް އެކްސްޕްރެސް" އިން ހާއްސަ އަގުތަކެއްގައި ތަކެތި ވިއްކި އެވެ.
ދަމާސްގެ "އިޔަ އެންޑް ސޭލް" ފަށައިފި
ގޭމަރުންނަށް އަރާމު ގޮނޑި އާއި މޭޒު ދަމާސް އިން
ދަމާސްގެ އާ ފިހާރައެއް ހުޅުވައިފި
ދަމާސްގެ ފަރުނީޗަރު ގަންނަން ހާއްސަ އެޕްލިކޭޝަނެއް
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
ދަމާސް އިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށައިފި
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
ވަން ޕާކް: ވެހިކަލް ޕާކިންގެ ސްޓައިލް ބަދަލުކޮށްލަނީ
"'ވަން ޕާކް އިން ވެހިކަލް ތޮއްޖެހުން ހައްލުވާނެ"
"ޒްބޮމް" ބްރޭންޑްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި