Roadha Mihaaru
ދަމާސްގެ އާ ފިހާރައެއް ހުޅުވައިފި

ދަމާސްގެ އާ ފިހާރައެއް ހުޅުވައިފި

08 ސެޕްޓެމްބަރ 2021

ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަފާތު ސާމާނު ލިބޭނެ އާ ފިހާރައެއް "ދަމާސް ހޯމް"ގެ ނަމުގައި ހުޅުވައިފި އެވެ.

ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަފާތު ސާމާނު ލިބޭނެ އާ ފިހާރައެއް "ދަމާސް ހޯމް"ގެ ނަމުގައި ހުޅުވައިފި އެވެ.

ހެންވޭރު ވައިލެޓް މަގުގައި ހުޅުވި މި ފިހާރައިން ފަރުނީޗަރު، ދަވާދު އަދި ހާޑްވެއާގެ އެކި ސާމާނު ލިބޭނެ އެވެ. ދަމާސް ކުންފުނިން ކުރިން އަބަދަށް އުފާ މަގުގައި ހިންގަމުން ދިޔަ "ދަމާސް ފަރުނީޗަރު 2" ރީބްރޭންޑްކޮށް ދަމާސް ހޯމް ޝޯ ރޫމް ހުޅުވީ ކަސްޓަމަރުންނަށް އިތުރު ހިދުމަތްތައް ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ކަމަށް ދަމާސް އިން ބުނެ އެވެ.

ބެޑްރޫމް ސެޓާއި، ސޯފާ، ބަދިގެ ކަބަޑު އަދި ޑައިނިން ޓޭބަލްގެ އިތުރުން ސިޓިން ރޫމް ރީތިކުރުމަށް ބޭނުންކުރެވޭނެ ގިނަ ސާމާނު ދަމާސް ހޯމް އިން ލިބެން ހުންނާނެ އެވެ. އަދި އެކިއެކި ބަޖެޓުތަކަށް ފެތޭނެ ތަކެތި ވެސް އެތަނުން ލިބެން ހުންނާނެ އެވެ. ދަމާސްގެ މި ފިހާރައަކީ އެކަށީގެންވާ ބަޖެޓެއްގައި ގެއަށް ލަގްޒަރީ ސާމާނު ހޯދަން ބޭނުންވާ މީހުންނަށް ކަމުދާނެ ފިހާރައެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދަމާސް އިން ބުނީ ކޮލިޓީ ރަނގަޅު، ގިނަ ދުވަހު ބޭނުންކުރެވޭނެ ތަކެތި އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް އެ ފިހާރައިން ލިބޭނެ ކަމަށެވެ.

ދަމާސް ހޯމް އިން ލިބެން ހުންނަ ތަކެތި ގޭގައި ތިއްބަވައިގެން ވެސް "ދަމާސް އެކްސްޕްރެސް" ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.

ހިޔާ ފްލެޓުތަކަށް ހާއްސަކޮށް ފަރުނީޗަރު ޕެކޭޖުތަކެއް ވެސް ދަމާސް އިން ވަނީ ކަނޑައަޅައިފަ އެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި މިހާރު ވެސް ދަމާސް ހޯމްއަށް ދިއުމުން ގަނެވޭނެ އެވެ. ދަމާސް އިން އެދެނީ ގެއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ފަސޭހަކަމާ އެކު އެއްތަކަނަކުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

ދަމާސް ހޯމް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށް ހުޅުވާފައި ހުންނާނެ އެވެ.