Roadha Mihaaru
ގޭމަރުންނަށް އަރާމު ގޮނޑި އާއި މޭޒު ދަމާސް އިން

ގޭމަރުންނަށް އަރާމު ގޮނޑި އާއި މޭޒު ދަމާސް އިން

20 އޮކްޓޯބަރ 2021

ގޭމުގެ ފޯރީގައި އުޅޭ މީހުންނަށް އެންމެ ބޮޑު އެއް މައްސަލަ އަކީ ގިނައިރު ގޮނޑީގައި އިނދެ ބުރަކައްޓަށްވާ ތަދެވެ. ބުރަކަށި ހަމަޖައްސާލެވޭ، އަދި ގިނައިރު އިންނަން ޖެހުނަސް އުނދަގޫ ނުވާނެ ގޮޑިއެއް ނެތުމަކީ މި މައްސަލައިގެ އަސްލެވެ. އެހެންވެ ދަމާސް އިން މިހާރު ވަނީ ގޭމަރުންނަށް ހާއްސަ ގޮޑި އާއި މޭޒުގެ އެކި ޑިޒައިންތައް ބާޒާރަށް ނެރެފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގޭމުގެ ފޯރީގައި އުޅޭ މީހުންނަށް އެންމެ ބޮޑު އެއް މައްސަލަ އަކީ ގިނައިރު ގޮނޑީގައި އިނދެ ބުރަކައްޓަށްވާ ތަދެވެ. ބުރަކަށި ހަމަޖައްސާލެވޭ، އަދި ގިނައިރު އިންނަން ޖެހުނަސް އުނދަގޫ ނުވާނެ ގޮޑިއެއް ނެތުމަކީ މި މައްސަލައިގެ އަސްލެވެ. އެހެންވެ ދަމާސް އިން މިހާރު ވަނީ ގޭމަރުންނަށް ހާއްސަ ގޮޑި އާއި މޭޒުގެ އެކި ޑިޒައިންތައް ބާޒާރަށް ނެރެފަ އެވެ.

ދަމާސް އިން ވިއްކާ މި ގޮޑިތައް ހަދާފައިވަނީ ގޭމް ކުޅެން ގިނަ ވަގުތު ހޭދަކުރި ނަމަވެސް، ހަށިގަނޑަށް އުނދަގޫނުވާނެ ގޮތަށް ބަލައިގެންނެވެ. ގޮޑީގެ އަތް އަޅުވާ ބަޔާއި ލެނގިލައިގެން އިންނަ ބައި ހިމަނާފައިވެ އެވެ. އަދި ސްޓީލް ސްޓްރަކްޗަރާއި ސީޓުގައި ޖަހާފައި ހުރި ޕެޑްތައް ހަދާފައިވަނީ ވެސް ހަށިގަނޑަށް ފަސޭހަވާނެ ފަދަ މެޓީރިލް ބޭނުންކޮށްގެނެވެ.

ދަމާސް އިން ވިއްކާ، ގޭމަރުންނަށް ހާއްސަ ގޮނޑި: މި ގޮނޑި އޮންލައިންކޮށް ވެސް ގަނެވޭނެ. --ފޮޓޯ:ނިޝާން އަލީ/މިހާރު

ދަމާސް އިން ވިއްކާ، ގޭމަރުންނަށް ހާއްސަ ގޮނޑި: މި ގޮނޑި އޮންލައިންކޮށް ވެސް ގަނެވޭނެ. --ފޮޓޯ:ނިޝާން އަލީ/މިހާރު

ގޭމު ކުޅޭއިރު ފައި އަޅުވާލާނެ ތަނެއް ވެސް މި ގޮނޑީގައި އިނދެ އެވެ. މި ގޮނޑިތަކަކީ ބޭނުން ގޮތަކަށް އެޖަސްޓް ކޮށްލެވޭ ބުރަކަށި ރަނގަޅަށް ސީދާކޮށްލެވޭ ގޮތަށް ހަދާފައިވާ ގޮނޑިތަކެވެ.

ގޭމިން ގޮނޑީގެ އިތުރުން ގޭމް ކުޅޭ މީހުންނަށް ހާއްސަ މޭޒު ވެސް ދަމާސް އިން ލިބޭނެ އެވެ. ގޭމް ކުޅޭ މީހުންނަށް ހާއްސަ މޭޒުގެ އެކި ސައިޒުތަކާއި ޑިޒައިންތައް ވެސް އެ ފިހާރައިން ލިބޭނެ އެވެ. މި މޭޒުގައި ތައްޓާއި ހެޑް ސެޓާއި ގޭމިން އަށް ބޭނުންވާ އެހެން ސާމާނު ބަހައްޓާލެވޭނެ ހާއްސަ ޖާގަ ހިމެނެ އެވެ. ބައެއް މޭޒުތަކުގައި ލެޑް ލައިޓް ފީޗާ ވެސް ހިމެނެ އެވެ.

ދަމާސް އިން ބުނީ ގޭމަރުންނަށް ހާއްސަ މި ގޮނޑި އާއި މޭޒު، ގިނަ ވަގުތު ސިސްޓަމް ކައިރީ މަސައްކަތްކުރާ މީހުންނަށް ވެސް ރަނގަޅުވާނެ ކަމަށެވެ.

ހެންވޭރު ވައިލެޓް މަގުގައި ހުންނަ ދަމާސް ހޯމް ފިހާރައިން، ގޭމަރުންނަށް ހާއްސަ ގޮނޑި އާއި މޭޒު ލިބޭނެ އެވެ. އަދި ދަމާސްގެ އޮންލައިން ފިހާރަ "ދަމާސް އެކްސްޕްރެސް" އިން ވެސް ލިބޭނެ އެވެ. މި ތަކެތި އޮންލައިންކޮށް ގަތުމުން ހިލޭ ޑެލިވަރީ ވެސް ކޮށްދެވޭނެއެވެ.

ދަމާސްއަކީ ކޮލިޓީ ރަނގަޅު ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެ ކުރަމުން އަންނަ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.