ޓީޗަރުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި މި ސަރުކާރުން ޓީޗަރުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
27 ޖެނުއަރީ 2022
ޓީޗަރުންގެ މުސާރަ ވަރަށް އަވަހަށް ބޮޑުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި މި ސަރުކާރުން ޓީޗަރުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ރާއްޖޭގެ ޓީޗަރުންނާއި ގުޅޭ ގޮތުން ހެދި ދިރާސާ ފޮތް ނެރެދެއްވުމަށް މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މުދައްރިސުން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އެއީ ގައުމީ މައްސަލައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މައްސަލައަކީ އިލްމީ ދިރާސާއެއްގެ ތެރެއިން ހައްލެއް ހޯދަން ބޭނުންވެފައިވާ ކަމެއް ކަމަށް ރައީސް އިބްރާހިމް ސޯލިހް ވެސް ވިދާޅުވެފައި ވާތީ، އެމްއެންޔޫން ކުރި މި ދިރާސާއަކީ އެކަމަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން މި ކަމަށް އަވަސް ހައްލެއް، ހާއްސަކޮށް ޓީޗަރުންގެ މުސާރައިގެ ކަންތަކަށް އަވަސް ހައްލެއް ގެނެސްދެއް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތި ހުރިހާ ބޭފުޅުންނަށް އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓީޗަރުންނާ ގުޅޭގޮތުން ހެދި ދިރާސާ ފޮތް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނެރެދެއްވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން
ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ. އެކަމަކު އޭގެ ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ގައުމުގެ މައިބަދައަކީ ޓީޗަރުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުންގެ ޝަރަފާއި ދަރަޖަ އަދި އެ މީހުންނަށް ކުރާ އިހުތިރާމާއި ގަދަރު އަބަދު ވެސް ދާނީ މައްޗަށެވެ.
އޭނާ ވިދާޅުވީ މުދައްރިސުންނަށް ލިބޭ މުސާރަ އަޅާކިޔާއިރު މި މަސައްކަތުގެ އަގު ނުވަތަ ދަރަޖައާ ބެހޭ ގޮތުން ސުވާލު އުފައްދާނެ ޖާގަ އޮތްކަން މި ދިރާސާއިން ހާމަވެފައި ވާތީ، އެކަންކަން ވެސް ހައްލު ކުރައްވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން: ދެކޭ ގޮތް، އަގުކުރެވޭ ގޮތް، ޚިޔާރު ކުރެވޭ ގޮތް" ނަމުގައި ހެދި މި ދިރާސާގައި އެމްއެންޔޫގެ ފަރާތުން 15 ދިރާސާވެރިން ބައިވެރިވި އެވެ.
މި ދިރާސާގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއްގެ ގޮތަށް އިހުތިޔާރު ކުރުމުގައި ގެންގުޅޭ ވިސްނުންތަކާއި އެކަން އަގުކުރެވޭ ގޮތާއި، އެކަމަށް އަސަރުކުރުވާ ކަންކަން ދެނެގަތުމެވެ. އަދި ސްކޫލު ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާ އަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ހޯދާ ބެލުމެވެ.
"ފޭކް" ބިދޭސީ ޓީޗަރުން އުޅުނަސް ނުދައްކާ ވާހަކައަކަށް
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
އައިޔޫއެމްގެ ލެކްޗަރާއިން ޓީޗިން ހަދަން މުއްދަތެއް
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
މުސާރަ ކުޑަވެފައި މަސައްކަތުގެ ވަގުތު ނޭނގެ: ޓީޗަރުން
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
ޕްރައިމަރީ ޓީޗަރުންނަށް 15 ސްކޮލާޝިޕެއް ތައާރަފުކޮށްފި
ސަރުކާރު ބަންދުވިޔަސް ހަޔާ އެޑިކޭޝަނުން ފައިސާ ދޫކުރަނީ
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް