ރާއްޖޭގައި ޓީޗަރުންގެ މުސާރަ ކުޑަވެފައި މަސައްކަތް ކުރަން ޖެހޭ ހަގީގީ ވަގުތު ވެސް ދެނެގަންނަން އުނދަގޫ ކަމަށް ގައުމީ ޔުނިވާސީޓީން ޓީޗަރުންނާ ގުޅޭ ގޮތުން ހެދި ދިރާސާއެއްގައި ބުނެފި އެވެ.
31 ޖެނުއަރީ 2022
ރާއްޖޭގައި ޓީޗަރުންގެ މުސާރަ ކުޑަވެފައި މަސައްކަތް ކުރަން ޖެހޭ ހަގީގީ ވަގުތު ވެސް ދެނެގަންނަން އުނދަގޫ ކަމަށް ގައުމީ ޔުނިވާސީޓީން ޓީޗަރުންނާ ގުޅޭ ގޮތުން ހެދި ދިރާސާއެއްގައި ބުނެފި އެވެ.
ޓީޗަރުންގެ ގޮތުގައި ނުކުންނަ ދިވެހިންގެ އަދަދު މަދުވާ މައްސަލައާ ގުޅިގެން ހެދި ދިރާސާގައި ބުނެފައި ވަނީ ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކުރަން ޖެހޭ މަސައްކަތާއި ހޭދަކުރާ ވަގުތާ އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ. އަދި އިތުރު ގަޑީގެ ފައިސާ ދިނުމުގައި ޓީޗިން ދާއިރާގައި ގެންގުޅޭ އުސޫލުތަކާއި ދޭ މިންވަރު އެހެނިހެން ދާއިރާތަކާއި އަޅާ ބަލާއިރު ތަފާތު ކަމަށް ވެސް އެ ދިރާސާގައި ބައިވެރިވި ޓީޗަރުން ބުނެ އެވެ.
މި ދިރާސާގައި 8،000 އަށް ވުރެން ގިނަ ޓީޗަރުން ބައިވެރިވި އެވެ.
އޭގެތެރެއިން ގިނަ މީހުން ބުނެފައިވާ ގޮތުގައި މަސައްކަތުގެ ބުރަކަމާ ހެދި އާއިލީ ޒިންމާތައް ގުރުބާންކުރަން ޖެހެ އެވެ. ރަސްމީ ގަޑީގެ ބޭރުން ވެސް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން" ނަމުގައި ގައުމީ ޔުނިވާސިޓީން ހެދި މި ދިރާސާ ނެރެދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. މި ދިރާސާގައި 14 ދިރާސާވެރިން ބައިވެރިވެފައިވާއިރު ރާއްޖޭގެ 12 ސަރަހައްދަކުން ޓީޗަރުންނާ ވަނީ ސާވޭ ކޮށްފަ އެވެ.
މިއީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއްގެ ގޮތުގައި އިހުތިޔާރު ކުރުމުގައި ހުރި ވިސްނުންތަކާއި އެކަން ކުރެވޭ ގޮތް އަދި އެކަމަށް އަސަރު ކުރާ ކަންކަން ދެނެގަތުމަށް ކުރި ދިރސާއެކެވެ. މި ދިރާގައި ސްކޫލް ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ވެސް ވަނީ ބަލައިފަ އެވެ.
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ޕްރައިމަރީ ޓީޗަރުންނަށް 15 ސްކޮލާޝިޕެއް ތައާރަފުކޮށްފި
ޑިގްރީއަށް ޓީޗަރުން ތަމްރީން ކުރުމުގައި އޮޅުންތަކެއް!
ތައުލީމާ ބެހޭ ބިލަށް އިދާރާތަކުގެ ހިޔާލު ހޯދަނީ
3000 ޓީޗަރުންގެ ހާއްސަ ޕްރޮގްރާމް ފަށައިފި
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި