ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާ އިން އުސޫލު ބަދަލުކޮށްފި އެވެ.
28 ޖެނުއަރީ 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާ އިން އުސޫލު ބަދަލުކޮށްފި އެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އާ ހަވާލާދީ، ސައުދީ ގެޒެޓުގައި ބުނެފައި ވަނީ، އެ ގައުމުގެ ކޮންޓެކްޓް ޓްރޭސިން އެޕް "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާ މިންގަނޑު އަންނަ މަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ. އޭރުން، 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ދައްކާނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ އަށް މަސް ނުވާ ނަމަ އަދި އަށް މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖެހުމުންނެވެ.
ކޮވިޑް ވެކްސިންގެ ވަނަ ޑޯޒް ޖެހިތާ އަށް މަސްވެފައިވާ މީހުން ސައުދީގެ ފެސިލިޓީތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަައް ހިންގާ ތަންތަނާއި މަތިންދާބޯޓުތަކަށް އަދި އާންމު ދަތުރުފަތުރުތައް ބޭނުންކުރާ ނަމަ ބޫސްޓާ ޑޯޒް ޖެހުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށް އެކަމަށް ބާރެއަޅައިފަ އެވެ.
ސައުދީގެ ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް މިނިސްޓަރު ޑރ. މުހައްމަދު އަލް އަބްދަލީ ވިދާޅުވީ އެޕިޑެމިއޮލޮޖިކަލް ކާވްގައި އިންފެކްޝަން ޖެހޭ މީހުންގެ އަދަދު ވެކްސިނާ އެކު މަދު ކަމަށް ރެކޯޑްތަކުން ކަށަވަރުވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް ފުރިހަމައަށް ތަބާވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމަ އަށް ބޯލެނބުމުން މި މުއްދަތުގެ ތެރޭގައި ހަމަޖެހުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ވެކްސިން ޖަހާފައިވާ ކަމަށް ކަނޑައަޅާނީ ތިން ކެޓަގަރީއަކަށް ފެތޭ މީހުން ކަމަށެވެ. އެއީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނާއި އެއް ޑޯޒް ޖެހުމަށް ފަހު 14 ދުވަސްވެފައިވާ މީހުން އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނެވެ. މިނިސްޓްރީން ބުނީ އުމްރާ ކުރުމާއި މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ މި ކެޓަރީތަކަށް ފެތޭ މީހުންނަށް އެކަނި ކަމަށެވެ.
ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
ކޮވިޑާ ދެކޮޅު ފިޔަވަޅުތައް ސައޫދީން އުވާލައިފި
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ހައްޖަށް ދާއިރު ވެކްސިންގެ ދެ ޑޯޒް ޖެހުން ލާޒިމް
ހައްޖަށް ދިއުމުގެ ކުރިން ވެކްސިން ޖެހުން މަޖްބޫރު