Roadha Mihaaru
ކެންސަރަށް ފަރުވާ ކުރަމުން ދިޔަ ސައިފް ނިއާވެއްޖެ

ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ސައިފް ނިއާވެއްޖެ

31 ޖެނުއަރީ 2022

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއްގައި ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު، ފަރުވާގެ ތެރޭގައި އަލީ ސައިފް ލަތީފް މިއަދު ފަތިހު ނިއާވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއްގައި ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު، ފަރުވާގެ ތެރޭގައި އަލީ ސައިފް ލަތީފް މިއަދު ފަތިހު ނިއާވެއްޖެ އެވެ.

އޭނާ ފާހަގަކުރެވިފައި ވަނީ، އެ ބަލީގެ ވޭނުގައި ވަރަށް ހިތްވަރުގަދަ ޒުވާނެއްގެ ގޮތުގަ އެވެ. އޭނާ ނިޔާވުމާ ގުޅިގެން، އެކަން އޭނާގެ ވަރަށް ގިނަ ރައްޓެހިން ވެސް ފާހަގަކޮށްފައި ވެ އެވެ.

އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި އުމުރުން 40 އަހަރުގެ ސައިފް ފަރުވާ ހޯދަމުން އައީ "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ" ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށެވެ.

އޭނާގެ ބައެއް ރަހުމަތްތެރިން ސިފަކުރި ގޮތުގައި ސައިފަކީ އަހުލާގު ރަނގަޅު، އަދި މި ބަލީގެ ވޭނުގައި އުޅެމުން ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވެސް ހިތްވަރު ދެއްކި ނަމޫނާ މީހެކެވެ. އަދި، ބަލި ޖެހުމާ އެކު، އެހެން މީހުންނަށް ހިތްވަރު ދެއްކުމަށް އޭނާ ވަނީ ބާރު އަޅައިފަ އެވެ.