ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ޑރ. ރާޖޭޝް އަޗަރްޔާ އަށް އަނގައިގެ ކެންސަރު ޖެހިފައިވާކަން މިދިޔަ ސެޕްޓެމްބަރު މަހު އެނގިވަޑައިގެންނެވި ނަމަވެސް ބަލި މީހުން ބައްލަވައި ބަރާބަރަށް މަސައްކަތް ކުރިއަށް ގެންދެވި އެވެ. ކަށީގެ ހާއްސަ ޑޮކްޓަރަށް ކެންސަރު ޖެހިފައިވާކަން އޭނާ މަސައްކަތް ކުރައްވާ ހޮސްޕިޓަލުގެ ގިނަ މީހުންނަށް ވެސް އެނގުނީ ވަރަށް ފަހުންނެވެ. ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ އަވަހާރަވީ އެވެ.
13 ޖޫން 2020
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ޑރ. ރާޖޭޝް އަޗަރްޔާ އަށް އަނގައިގެ ކެންސަރު ޖެހިފައިވާކަން މިދިޔަ ސެޕްޓެމްބަރު މަހު އެނގިވަޑައިގެންނެވި ނަމަވެސް ބަލި މީހުން ބައްލަވައި ބަރާބަރަށް މަސައްކަތް ކުރިއަށް ގެންދެވި އެވެ. ކަށީގެ ހާއްސަ ޑޮކްޓަރަށް ކެންސަރު ޖެހިފައިވާކަން އޭނާ މަސައްކަތް ކުރައްވާ ހޮސްޕިޓަލުގެ ގިނަ މީހުންނަށް ވެސް އެނގުނީ ވަރަށް ފަހުންނެވެ. ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ އަވަހާރަވީ އެވެ.
ގަމު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވި ގޮތުގައި، ޑރ. ރާޖޭޝް، 46، އަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރު ސޮސައިޓީއާ ގުޅިގެން ހޮސްޕިޓަލުގައި ބޭއްވި ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ހޮސްޕިޓަލްގެ ގިނަ ބަޔަކަށް އޭރު އޮތީ ސިއްރެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު ސްކޫލު ބޮޑު ބަންދުގައި އިންޑިއާ އިން އޮޕަރޭޝަންކޮށް ފަރުވާ ހޯއްދެވުމަށް ފަހު ވެސް ދިޔައީ ބަރާބަރަށް މަސައްކަތް ކުރައްވަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން، ގަމު ރީޖަނަލް ހޮސްޕިޓަލުން މި ފަހުން ކުރި އެންމެ ކާމިޔާބު އެއް އޮޕަރޭޝަން ކުރުމުގައި ވެސް ރާޖޭޝް ބައިވެރިވެވަޑައިގަތެވެ. އެއީ ރޯދަ މަހުގެ ތެރޭގައި، އަތުގެ ކުޑަހުޅު ކައިރިން ދެ ކަށިގަނޑު އެއްކޮށް ބިނދިގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލުން ގެންދިޔަ މީހެއްގެ އޮޕަރޭޝަނެވެ. އޮޕަރޭޝަން ކުރީ ވެސް މާލެއިން ތަކެތި ގެންގޮސްގެންނެވެ.
ރާޖޭޝްގެ އިތުރުން އޭނާގެ އަނބިކަނބަލުން ޑރ. ޝަބީނާ އަކީ ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ. އޭނާ ހާއްސައީ އަންހެނުންގެ ބަލިތަކަށެވެ. ދެ ޑޮކްޓަރުން، އެމީހުންގެ ދެ އަންހެން ބޭފުޅުންނާ އެކު ގަމަށް ވަޑައިގަތީ ސެޕްޓެމްބަރު، 2018 ގަ އެވެ. އޭގެ ކުރިން އެކި ގައުމުތަކުގައި މަސައްކަތްކުރައްވާފައިވެ އެވެ.
ނޭޕާލް ޑޮކްޓަރު ދެމަފިރިންގެ ދޮށީ ދަރިފުޅު ގްރޭޑު 12 ގައި އަދި ހަގު ދަރިފުޅު އުޅެނީ ގްރޭޑު ފަހެއްގަ އެވެ.
މި ރޯދަ މަހާ ހަމައަށް ވެސް ރާޖޭޝްގެ ހާލު ރަނގަޅެވެ. އެކަމަކު މިދިޔަ މަހުގެ ކުރީކޮޅު ހާލު ސީރިއަސްވާން ފެށުމުން މިދިޔަ މަހުގެ 29 ގައި މާލެ ފޮނުވާލީ އެވެ. ކޮވިޑް-19 ފެތުރޭތީ، ރާއްޖޭގައި ތިބި ނޭޕާލްގެ މީހުން ގެންދަން އެ ގައުމުން އަންނަ ހޯމަ ދުވަހަށް ހަމަޖެއްސި ފްލައިޓެއްގައި ގައުމަށް ގެންދަން ވެސް އޮތީ ނިންމައިފަ އެވެ.
"އޭރު ރަނގަޅަށް ހުރީ. ރޯދަ ހިސާބުގައި ބޮޑަށް ސަކަރާތްވާން ފެށީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގައި ނޭޕާލްގެ ޑޮކްޓަރުން ގިނައިރު، އެ ޑޮކްޓަރުންގެ ލީޑަރެއްގެ ގޮތުން ވެސް ރާޖޭޝް އިސް ދައުރެއް އަދާކުރެއްވި އެވެ.
ރާޖޭޝްއާއެކު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ އިތުރު ޑޮކްޓަރެއް ވެސް ހުރެ އެވެ. ނަމަވެސް ތަޖުރިބާކާރު އެ ޑޮކްޓަރު ގެއްލި ދިޔުމަކީ ހޮސްޕިޓަލެއް ލިބުނު ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތްކުރާތާ 17 އަހަރުވެފައިވާ ޑިރެކްޓާ ޖެނެރަލް، މުހައްމަދު އަބްދުއްސަމަދު ވިދާޅުވި ގޮތުގައި، އެތަނުގައި މަސައްކަތްކުރައްވާ އެހެން ޑޮކްޓަރުންނާ ހިލާފަށް ރާޖޭޝް އަކީ ބަލި މީހުންނާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.
"ވަރަށް ހިތްހެޔޮ، ހުރިހާ ކަމަކަށް ވުރެ ފަރުވާތެރިވާނެ ބަލި މީހުންގެ ކަންކަމަށް. ފިޒިއޮތެރަޕީ ނަގަން ވެސް ބައެއް ފަހަރު ޑޮކްޓަރުގެ ލަފައެއް ބޭނުންވިއަސް، ރާޖޭޝް ބޭނުމެއް ނުވާނެ އެ ބަލި މީހާ އޭނާ ކައިރިއަށް ދާކަށް. އޭގެ ބަދަލުގައި އޭނާ ދާނީ. އެހެން ޑޮކްޓަރުންނާ ހިލާފަށް ފާހަގަކުރެވުނު ކަމެއް އެއީ. ވަރަށް. ވަރަށް ފްލެކްސިބްލް ވެސް ވާނެ،" ސަމަދު ވިދާޅުވި އެވެ.
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ކެންސަރު ބަލީގައި ޑރ. ރަމްޝާ އަވަހާރަވެއްޖެ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ކެންސަރަށް ފަރުވާ ކުރަމުން ދިޔަ ސައިފް ނިއާވެއްޖެ
ލޭގެ ކެންސަރު ޖެހި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ
13 އަހަރުގެ ކުއްޖާއަށް ކެންސަރު ޖެހި ކުއްލި މަރެއް!
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ
ކެންސަރު ބަލީގެ ހާއްސަ ޑރ. އަމްރު ޓްރީޓޮޕަށް
ކޮއްކޯފުޅުގެ ޖަނާޒާ އަށް ރައީސް ދުބާއީ އަށް
ލ. އަތޮޅުން ދެ މީހަކު ކޮވިޑްގައި މަރުވެއްޖެ