Roadha Mihaaru
ބައްޕައާ އެކު ދަރިފުޅު ވެސް ފުޓުބޯޅައިގެ މަސައްކަތަށް

ބައްޕައާ އެކު ދަރިފުޅު ވެސް ފުޓުބޯޅައިގެ އިދާރީ މަސައްކަތަށް

01 ފެބުރުއަރީ 2022

ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއީލް ކުޅުން ހުއްޓާލުމަށް ފަހު ދެން ފެނުނީ ފުޓްބޯޅައާ ގުޅުންހުރި އެހެން މަސައްކަތްތަކުންނެވެ. އެފްއޭއެމް ފުރަތަމަ ފަހަރަށް އިންތިހާބު ކުރުމަށް ފީފާ އިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ މަސައްކަތުން ފެށިގެން، އެކި މަރުހަލާތަކުގައި ޝާހު ގަންދަވަނީ ފުޓްބޯޅައިގެ އިދާރީ އެކި މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.

ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއީލް ކުޅުން ހުއްޓާލުމަށް ފަހު ދެން ފެނުނީ ފުޓްބޯޅައާ ގުޅުންހުރި އެހެން މަސައްކަތްތަކުންނެވެ. އެފްއޭއެމް ފުރަތަމަ ފަހަރަށް އިންތިހާބު ކުރުމަށް ފީފާ އިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ މަސައްކަތުން ފެށިގެން، އެކި މަރުހަލާތަކުގައި ޝާހު ގަންދަވަނީ ފުޓްބޯޅައިގެ އިދާރީ އެކި މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޝާހު ގެންދަވަނީ އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާ ހަވާލުވުމަށް ފަހު އެ އިދާރާގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އޭނާގެ ޑިޕާޓްމެންޓްގައި މަސައްކަތްކުރާ އެއް މުވައްޒަފަކީ ދަރިފުޅު ލާޖީ ޝާހު އެވެ.

އެފްއޭއެމްގެ އެޑްމިނިސްޓްރޭޝަން މަސައްކަތުގައި ލާޖީ މަސައްކަތް ފެށީ، ޝާހުގެ އާ މަގާމުގައި އެފްއޭއެމްއާ ގުޅުމުގެ ކުރިންނެވެ. ލާޖީ ބުނީ އެފްއޭއެމްގައި މަސައްކަތް ކުުރުމުގެ ފުރުސަތު ލިބުނީ އިންޓަވިއު މަރުހަލާގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށް ފަހު އޭނާ އަކީ އެންމެ ގާބިލު ކެނޑިޑޭޓްކަން ސާބިތުކޮށްދީގެން ކަމަށެވެ.

"އަޅުގަނޑު އެފްއޭމްގެ މި މަގާމުގައި މަސައްކަތް ކުރަނީ ޝާހު އިސްމާއީލް އަކީ އަޅުގަނޑު ބައްޕަ ވެގެނެއް ނޫން. މިއީ ހަމަ މަގާމަށް ކުރިމަތިލައިގެން އިންޓަވިއުއިން ފާސްވެގެން އަދި އަޅުގަނޑުގެ އެކެޑެމިކް ރިޒަލްޓްތައް ވެސް ރަނގަޅުވެގެން ލިބުނު ފުރުސަތެއް. އޭރު ނޭނގެ ބައްޕަ އަންނާނެ ކަމެއް ވެސް،" ލާޖީ ބުންޏެވެ.

ލާޖީ ބުނިގޮތުގައި އޭނާ ވެސް ބޭނުންވީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނަން ޖެހުމުން އެފުރުސަތު އެހާ ބޮޑަށް ފަހި ނުކުރެވުނީ ކަމަށް އޭނާ ބުންޏެވެ.

ލާޖީ (ކ) އާއި ޝާހު އަދު ލުބާނާ: ޝާހުގެ ދެދަރިން ވެސް މިހާރު މަސައްކަތް ކުރަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައި

ލާޖީ (ކ) އާއި ޝާހު އަދު ލުބާނާ: ޝާހުގެ ދެދަރިން ވެސް މިހާރު މަސައްކަތް ކުރަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައި

"ސްކޫލް އެޑިއުކޭޝަން އަޅުގަނޑު ފުރިހަމަ ކުރީ ލަންކާއިން. އެހެންވީމަ އެހާ ބޮޑު ފުރުސަތެއް ނުލިބޭ ފުޓްބޯޅަ އަށް ޕްރެކްޓިސް ކުރާކަށް. ލަންކާގައި ވެސް ސްކޫލް މުބާރާތުގައި ކުޅުނިން. ވަނަތައް ވެސް ލިބިފައި ހުންނާނީ،" ލާޖީ ކިޔައި ދިނެވެ.

"އަޅުގަނޑަކީ ބައްޕަގެ ވަރަށް ބޮޑު ފޭނެއް. ހިތަށް އަރާ ހަމަ ގަލޮޅު ދަނޑުގައި ކޮންމެ ވެސް ކްލަބެއްގައި ހިމެނިގެން ކުޅެން ނުކުންނާނަމޭ. އެކަމަކު މިވަގުތު މިހުރީ އެފްއޭއެމްގެ މި މަގާމުގައި."

އެފްއޭއެމްގައި މަސައްކަތް ކުރަން ފެށުމުން ފުޓްބޯޅަ އެޑްމިނިސްޓްރޭޝަން އަށް އޭނާގެ ހިތް ޖެހިފައިވާ ކަމަށް ލާޖީ ބުންޏެވެ. އެ ދާއިރާ އިން ކިޔަވައިގެން އެ މަސައްކަތުގައި ދެމިހުރުމުގެ ޝައުގުވެރިކަން އޭނާގެ އެބަހުއްޓެވެ.

"މި ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިއްޖެއްޔާ އެ ފުރުސަތުގެ ބޭނުން ކުރާނަން،" އޭނާ ބުންޏެވެ.

ޝާހު ވިދާޅުވި ގޮތުގައި އޭނާ އަކީ ވަކި ދާއިރާއަކުން ކުރިއަށް ދިއުމަށް ދަރިންނަށް ބާރު އަޅާ ބައްޕައެއް ނޫނެވެ. އެކަމަކު ފުޓްބޯޅައިގެ މަސައްކަތުގައި ދަރިފުޅު އުޅޭތަން ފެނުމުން ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ކަމަށް ޝާހު ވިދާޅުވި އެވެ.

Dhandah neyriyas Bappa ge fahathun Champion akah

Dhandah neyriyas Bappa ge fahathun Champion akah

The most trusted news source in the Maldives

Mihaaru

ޝާހްގެ އަންހެން ދަރިފުޅު ލުބާނާ ޝާހް

"އެކަން އޮންނާނީ އެ ކުދިންގެ ފްރީ ވިލް އަށް ދޫކޮށްލާފައި،" ސްޕޯޓްސް ރިހިބިލޭޝަން ފިޒިއޯއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޭނާގެ އަންހެން ދަރިފުޅު ލުބާނާ ޝާހުގެ މަސައްކަތާ މެދު ވެސް ހިތްހަމަޖެހުން ފާޅުކުރަމުން ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވި ގޮތުގައި އޭނާގެ ދަށުން ދަރިފުޅު މަސައްކަތް ކުރިޔަސް ލާޖީ އަށް ވެސް އޮންނާނީ އެހެން މުވައްޒަފުންނަށް އޮންނަ އުސޫލެވެ.

"ވަޒީފާގެ މާހައުލުގައި އަޅުގަނޑުގެ ދަރިފުޅާއި މިތާނގައި މަސައްކަތް ކުރާ އެހެން ސްޓާފުންނާ ފަރަގެއް ނުކުރަން. އެހެން ސްޓާފުންނަށް އޮންނަ އުސޫލު ލާޖީ އަށް ވެސް އޮންނާނީ."