Roadha Mihaaru

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 ފެބުރުއަރީ 2022

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މިމަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

އުރީދޫން ބުނީ އަމިއަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ އުރީދޫން އާންމު ކުރާނެ އެވެ.

މި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހް، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އުރީދޫން އާންމުކުރާނެ އެވެ.