އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
16 ފެބުރުއަރީ 2020
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހައިފަ އެވެ.
މި އަހަރުގެ ހިއްސާ ބަހަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.
މީގެ އިތުރުން އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ތަމްސީލު ކުރާ މެންބަރު ހޮވުމަށް ހަމަޖެހިފައިވެ އެވެ. ބޯޑަށް ހަތަރު މެންބަރުން ކުރިމަތިލާފައިވެ އެވެ.
- އިބްރާހިމް ފިރުޝާން
- އައިޝަތު ހުސައިން މަނިކު
- އިބްރާހިމް ޝަރީފު މުހައްމަދު
- ފަރީހާ ޝަރީފު
އާންމު ހިއްސާދާރުންގެ ތެރެއިން ހޮވޭ ޑިރެކްޓަރު 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމަޔަށް އެ މަގާމުގައި ހުންނާނެ އެވެ. އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީ ވުމަށް މި މަހުގެ 26 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ގައި
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ
އުރީދޫގެ ބޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި
އުރީދޫން ބަހާނީ ހިއްސާއަކަށް 3.30ރ. އަށް
އުރީދޫ އޭޖީއެމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އުރީދޫގެ އާމްދަނީ 2 ބިލިއަން، ފައިދާ 588 މިލިއަން
އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރަށް ހުޅުވާލައިފި
އުރީދޫގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަނީ
އުރީދޫން ހިއްސާއަކަށް 3.22ރ. ބަހަން ފާސްކޮށްފި