Roadha Mihaaru
ލަންކާ ސިފައިންނާ ކުރިމަތިލުންހިންގި މަސްވެރިން ހައްޔަރު

ލަންކާގެ ކަނޑުގެ ސިފައިންނާ ކުރިމަތިލުން ހިންގި އިންޑިއާގެ 21 މަސްވެރިއަކު ހައްޔަރުކޮށްފި

02 ފެބުރުއަރީ 2022

ކޮލަމްބޯ (ފެބްރުއަރީ 2) - ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ ދެ އުޅަނދެއްގައި ތިބި 21 މަސްވެރިން ލަންކާގެ ކަނޑުގެ ސިފައިންނާ ކުރިމަތިލުމެއް ހިންގުމުގެ ސަބަބުން ހައްޔަރުކޮށްފި އެވެ.

ކޮލަމްބޯ (ފެބްރުއަރީ 2) - ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ ދެ އުޅަނދެއްގައި ތިބި 21 މަސްވެރިން ލަންކާގެ ކަނޑުގެ ސިފައިންނާ ކުރިމަތިލުމެއް ހިންގުމުގެ ސަބަބުން ހައްޔަރުކޮށްފި އެވެ.

ލަންކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ މަސްވެރިންގެ ކުރިމަތިލުންތަކުގެ ސަބަބުން ފާސްޓް ޓްރެކް ކްރާފްޓެއް ހަލާކުވި ކަމަށެވެ. ނަމަވެސް މި ކުރިމަތިލުންތަކުގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ބުނެފައެއް ނުވެ އެވެ.

"އިންޑިއާގެ މަސްވެރި އުޅަނދުތަކުގައި ތިބި މީހުން ގަދަ ބާރުން ލަންކާގެ ކަނޑުގެ ސިފައިންގެ ޔުނިޓްތަކުގެ އަތް ދަށުން ފިލަން މަސައްކަތްކޮށްފައި ވަނީ ގަދަ ބާރުން. އެ ކުރިމަތިލުމުގައި ވަނީ އެސްއެލްއެން ފާސްޓް އެޓޭކް ކްރާފްޓަކަށް ގެއްލުންވެފައި،" ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލަންކާ ސިފައިން ބުނެފައި ވަނީ އިންޑިއާގެ މަސްވެރިން ދާ އަޅަން ބޭނުންކުރި ސާމާނުތައް އަތުލާފައިވާ ކަމަށެވެ. ކަނޑުގެ އެންމެ އަޑިން ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ ލަންކާގައި މަނާ ކަމެކެވެ.

އިންޑިއާގެ މަސްވެރި އުޅަނދުތަކުން ވަރަށް ގިނަ އިން ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެ އެވެ. ޚާއްސަކޮށް ދެ ގައުމުގެ މެދުގައި އޮންނަ ހަނި ޕޯލްކް ކަނޑުއޮޅީގެ ތެރޭން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ލަންކާގެ ސަރަހައްދަށް ވަދެ އެވެ.

ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަންކޮށްގެން ހައްޔަރުކޮށްފައި ތިބި އިންޑިއާގެ 56 މަސްވެރިއަކު ލަންކާގެ ކޯޓަކުން މިދިޔަ ހަފުތާގައި ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މީހުން މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދުތައް ވަނީ ހިފަހައްޓައިފަ އެވެ.