Roadha Mihaaru
ދިރާގުން "ސަޅި ޑެއިލީ ޑޭޓާ" ތައާރަފްކޮށްފި

ދިރާގުން "ސަޅި ޑެއިލީ ޑޭޓާ" ތައާރަފްކޮށްފި

02 ފެބުރުއަރީ 2022

ދިރާގުން "ސަޅި ޑެއިލީ ޑޭޓާ"ގެ ނަމުގައި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑުލްއެއް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުން "ސަޅި ޑެއިލީ ޑޭޓާ"ގެ ނަމުގައި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑުލްއެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ، ކޮންމެ ދުވަހަކަށް ހާއްސަކޮށް ތައާރަފްކުރި ޑޭޓާ ޕެކޭޖުތަކުގެ ކަސްޓަމަރުންނަށް ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށެވެ. ދިރާގުން ތައާރަފްކޮށްފައި ވަނީ "ސަޅި 90" އާއި "ސަޅި 150" އާއި "ސަޅި 210" ޑޭޓާ ޕެކޭޖުތަކެކެވެ.

"ސަޅި 90" ޕެކޭޖު އެކްޓިވޭޓް ކުރުމުން ދުވާލަކު 1ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އެއާ އެކު 60 ޖީބީ އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭނެ އެވެ. "ސަޅި 150" ޕެކޭޖެއް ނަގައިގެން ދުވާލަކު 2ޖީބީ ހިލޭ ލިބޭ އިރު 90 ޖީބީ އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭނެ އެވެ. އަދި "ސަޅި 210" ޕެކޭޖުގެ ދަށުން ދުވާލަކު 3ޖީބީ ހިލޭ ލިބޭނެ އެވެ. އެއާ އެކު އެންޓަޓެއިންމެންޓް ބޭނުމަށް 120 ޖީބީ ލިބޭނެ އެވެ. އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭ ޑޭޓާއިން ދިރާގު ޓީވީ އާއި ނެޓްފްލިކްސްގެ އިތުރުން ސޯޝަލް މީޑިއާގެ ފްލެޓްފޯމުތަކުގެ ބޭނުން ކުރެވޭނެ އެވެ.

ސަޅި ޕެކޭޖުތަކުގެ އަގުތައް

- ސަޅި 90: 425ރ.

- ސަޅި 150: 625ރ.

- ސަޅި 210: 975ރ.

ދިރާގުގެ ކޮންސިއުމާ ޕޯސްޓްޕެއިިޑްގެ މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޕެކޭޖުތައް އިތުރަށް ރަނގަޅުކޮށް ކަސްޓަމަރުންނަށް ހިދުމަތް ފުޅާކުރުމަށް ކަމަށެވެ.

"އަމިއްލަ ޕޯސްޓްޕެއިޑަކީ ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ ޕެކޭޖުތަކެއް. މި ޕެކޭޖުތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް އެކްސްޕީރިއެންސް ފުރިހަމަ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.