02 ފެބުރުއަރީ 2022
މާލޭގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިއަކު މާރާމާރީ ހިންގައި، އަނބިމީހާ އަށް ފިރިމީހާ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިވާ ކަމަށް ބުނަމުން ދިޔައަސް، އެކަން ހިނގައިދިޔަ ގޮތާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި ހަމަނުޖެހުމުގައި ފިރިމީހާގެ ބަނޑަށް ވެސް ވަނީ ވަޅި ހަރައިފަ އެވެ.
މާލޭގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިއަކު މާރާމާރީ ހިންގައި، އަނބިމީހާ އަށް ފިރިމީހާ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިވާ ކަމަށް ބުނަމުން ދިޔައަސް، އެކަން ހިނގައިދިޔަ ގޮތާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި ހަމަނުޖެހުމުގައި ފިރިމީހާގެ ބަނޑަށް ވެސް ވަނީ ވަޅި ހަރައިފަ އެވެ.
ގެވެށި އަނިޔާއެއްގެ ގޮތުގައި ފުލުހުން ބަލާ މި މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައި ވަނީ މިއަދު ވަރަށް ހެނދުނާ އެވެ.
ފުލުހުން އަންހެން މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އަންހެން މީހާގެ ހެދުމުގެ ތިރި ލެއިން ތަތްތެޅިފައި އޮތް ތަނެވެ. އަންހެން މީހާ ރޮއެ، ގިސްލާ އަޑު ވެސް ވީޑިއޯގައި އިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅިއާ އެކު، ވަޅި ނުނައްޓަ އެވެ.
އެ ދެ މީހުންގެ މެދުގައި ދެބަސްވެ ވަޅި ހަރާ ހިސާބަށް ދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޒަހަމްވެގެން އައިޖީއެމްއެޗަށް ފިރިހެން މީހާ ވެސް ގެންދިޔަ އެވެ.
ވަޅި ހަރާފައި ވަނީ ފިރިހެން މީހާގެ ބަނޑަށެވެ. މާ ފުންކޮށް އޭނާގެ ބަނޑަށް ވަޅި ހަރާފައި ނުވިޔަސް ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ވަޅި ޖެހީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު "މިހާރު" އެނގިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި ބުނެފައި ވަނީ ވަޅި ޖެހީ އަނބިމީހާ ކަމަށެވެ.
އެކަމަކު ފުލުހުން މީޑިއާ އަށް ހިއްސާކުރި މެސެޖުގައި ފިރިހެން މީހާ އަށް އެއްވެސް ޒަހަމެއްވި ކަމަކަށް ނުބުނެ އެވެ. އަދި ބުނެފައި ވަނީ ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އަނިޔާ ލިބުނު އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހޮސްޕިޓަލުގެ އިމަޖަންސީގައި އޭނާ އަށް ފަރުވާދެމުން އަންނައިރު މި ވަގުތު އޭނާގެ ހާލަތު ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު އަންހެން މީހާގެ ގަޔަށް ވަޅި ހަރާފައިވަނިކޮށް ނަގާފައިވާ އެކްސްރޭއެއް "މިހާރު" އަށް ލިބިފައިވާއިރު ފެންނަނީ އޭނާގެ ޅިނދު ކަށިގަނޑު ކައިރިއަށް ފުންކޮށް ވަޅި ހަރާފައި ހުއްޓަ އެވެ.
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރުގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލު ކެމެރާއިން
އަތުހަރު އޮތީ ވެންޓިލޭޓަރުގައި، މައްސަލަ ބަލަނީ