މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރުގެ ހާލު އަނެއްކާވެސް ގޯސްވެގެން އޭނާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.
30 އޯގަސްޓް 2024
މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރުގެ ހާލު އަނެއްކާވެސް ގޯސްވެގެން އޭނާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.
ފުލުހުން ބުނީ އަތުހަރަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު، މިއަދު ދޫކޮށްލުމުން އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. އެކަމަކު، އޭނާ ހޮޑުލާތީ އަނެއްކާވެސް މިއަދު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ހާލަތު އިތުރަށް ބެލުމަށްޓަކައި މި ވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗުގެ އޮބްޒަވޭޝަންގައި،" ފުލުހުން ބުންޏެވެ.
އަންހެނަކު ރަހީނުކުރި މައްސަލާގައި ރޭ ހައްޔަރުކުރި ށ. މިލަންދޫ، ހެޕީލޭންޑް، އަތުހަރަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަހްތަރުގެ ހުކުމް ލުއިކޮށް އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އަތުހަރު ރޭ ވަނީ، އޭނާގެ ލޯބިވެރިޔާ މާފަންނު ގެއެއްގައި ރަހީނުކޮށްގެން އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތްކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި އަތުހަރު ފުލުހުންނަށް އިންޒާރު ދިނެވެ. އޭގެ ފަހުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް އަތުހަރު މަސައްކަތްކުރި އެވެ.
އަތުހަރު ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.
އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު ވަނީ އަތުހަރުގެ ގައިގައި މުގުރަކުން ޖަހައި، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާއަށް ވަޅިން މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ފުލުހުން މުގުރުން ތެޅުމުން އަހުތަރަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެންމެންނަށް ސިހުން ގެނުވި މި ހަމަނުޖެހުން ހިންގަން މެދުވެރިވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާ ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން ފެށުނު ޒުވާބެއްގެ ތެރެއިންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ދެ މީހުންނާ އެކު އިތުރު މީހަކު ވެސް އެ ގޭގައި ދިރިއުޅެ އެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
ކުރީގެ ލޯބިވެރިޔާ ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި