Roadha Mihaaru

އައިޖީއެމްއެޗުގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފި އެވެ.

ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފި އެވެ.

ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.

ހޮސްޕިޓަލުގެ ނާސިން ސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ބަންދު މަޖިލީހުން ނެރުނު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ހުށަހަޅައިފަ އެވެ.