Roadha Mihaaru
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ

ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލާގެ ޝަރީއަތް ހައި ކޯޓުން ފަށަނީ

03 ފެބުރުއަރީ 2022

ހައުސިން ޑިވެލޮޕްމަންޓް ކޮޕަރޭޝަން (އެޗްޑީސީ) އަތުން ހުޅުމާލެ އަތުލަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވި މައްސަލާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައުސިން ޑިވެލޮޕްމަންޓް ކޮޕަރޭޝަން (އެޗްޑީސީ) އަތުން ހުޅުމާލެ އަތުލަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވި މައްސަލާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އެޗްޑީސީން ހުރަސް އަޅާފައި ވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، އެތަން އެޗްޑީސީ އަތުން އަތުލަން ނިންމައިފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާތީ އެ ކޯޓުން ވަނީ އެ މައްސަލަ ނިމެންދެން، ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރަން ސިޓީ ކައުންސިލުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު އެވެ.

އެޗްޑީސީއަކީ ހުޅުމާލެ ބެލެހެއްޓުމަށްޓަކައި ރައީސްގެ ގަރާރަކުން އުފައްދާފައި އޮތް ކުންފުންޏެކެވެ. ހުޅުމާލޭގެ ބިން އިތުރަށް ހިއްކުމަށްޓަކައި ބޭރުގެ ބޭންކްތަކުން އެޗްޑީސީން ލޯނުތައް ނެގީ ވެސް ހުޅުމާލޭގެ ބިން ރަހުނު ކުރުމަށްފަހު އެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބިންތައް ހިމެނޭ ގޮތަށް ކުރީގެ ސަރުކާރުން އެޗްޑީސީއަށް އޮތީ ހުޅުމާލޭގެ ރަޖިސްޓްރީއެއް ވެސް ހަދައިދީފަ އެވެ.