05 ފެބުރުއަރީ 2022
އެޕަލްއިން އައިފޯނުތަކަށް ގެނައި ކުޑަ ބަދަލާއެކު ފޭސްބުކްގެ ޕޭރެންޓް ކުންފުނި، މެޓާއަށް 10 ބިލިއަން ޑޮލަރުގެ ގެއްލޭނެ ކަމަށް ލަފާ ކޮށްފި އެވެ.
އެޕަލްއިން އައިފޯނުތަކަށް ގެނައި ކުޑަ ބަދަލާއެކު ފޭސްބުކްގެ ޕޭރެންޓް ކުންފުނި، މެޓާއަށް 10 ބިލިއަން ޑޮލަރުގެ ގެއްލޭނެ ކަމަށް ލަފާ ކޮށްފި އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެޕަލް އިން ވަނީ އައިފޯނުތަކުގައި އެ މީހެއްގެ "ބިހޭވިއާ" ޓްރެކް ކުރެވޭ އެޕުތައް ހިޔާރު ކުރުމުގެ ބާރު އައިފޯން ބޭނުން ކުރާ މީހުންނަށް ދީފަ އެވެ. މިއާއެކު ގިނަ ބަޔަކު ވަނީ ފޭސްބުކަށް އެ ހުއްދަ ނުދޭން ނިންމައިފަ އެވެ. އޭގެ ސަބަބުން ފޭސްބުކަށް އިޝްތިހާރުތަކުން ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ ބުދަ ދުވަހު ކުއާޓާލީ ރިޕޯޓު ހިއްސާ ކުރައްވަމުން މެޓާގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ޑޭވިޑް ވެނާ ވިދާޅުވީ އައިއޯއެސްއަށް ގެނައި ބަދަލާ އެކު މި އަހަރު 10 ބިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"މިއީ އަދި ލަފާ ކުރެވޭ އަދަދު. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެ ކަންކަން ހައްލުކޮށް ކަސްޓަމަރުންނަށް އެކަށީގެންވާ އިޝްތިހާރުތައް ހަދަން،" އޭނާ ވިދާޅުވި އެވެ.
މެޓާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ކުންފުނީގެ ދަށުން ހިންގާ ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްގައި އިޝްތިހާރުތައް ދައްކައިގެންނެވެ. މިއީ އެޕުތައް ބޭނުން ކުރާ މީހުންގެ ހަރަކާތްތަކުގެ ޑޭޓާއާއެކު ލިބޭ އިޝްތިހާރުތަކެވެ. ނަމަވެސް އެޕަލް އިން ގެނައި ބަދަލާއެކު މި ޑޭޓާ ހޯދުމަށް ފޭސްބުކަށް ވަނީ ދަތިވެފަ އެވެ.
އެޕަލް އިން އައިއޯއެސް 14.5 އަޕްޑޭޓުގައި ގެނައި މި ބަދަލާއެކު ފޭސްބުކް ބޭނުން ކުރާ އައިފޯން ޔޫސަރުންގެ 95 ޕަސެންޓް މީހުުން ވަނީ އެ މީހުންގެ ހަރަކާތްތައް ޓްރެކް ނުކުރެވޭ ގޮތް ހަދައިފަ އެވެ.
މި އަހަރު 10 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ފޭސްބުކް ބޭނުން ކުރާ މީހުން މަދުވެ މެޓާއަށް ވަނީ 200 ބިލިއަން ޑޮލަރުގެ ގެއްލުން ވެފަ އެވެ. ރިޕޯޓުތައް ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި އެ ކުންފުނީގެ އަގު ވަނީ 900 ބިލިއަން ޑޮލަރުން 700 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއާ އެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު 23 ޕަސެންޓަށް ވެއްޓުނެވެ.
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
ޓެކް ކުންފުނިތައް އަނެއްކާވެސް ސެނެޓަށް ހާޒިރުކުރަނީ
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
ގޫގުލް އިން ފިޓްބިޓް ގަތުން ރަނގަޅުތޯ ބަލަނީ
އޮފީސް ނުހުޅުވައި އެޕަލް އަށް ކެތެއް ނުވި
އެޕަލްގެ އަހަރީ ކޮންފަރެންސް އޮންލައިންކުރަނީ
ގޫގްލްގެ ބަގް ހޯދުމުގެ އިނާމު 1.5 މިލިއަން ޑޮލަރަށް
އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ތަހުގީގުކުރަނީ