25 ނޮވެމްބަރ 2019
ގޫގްލް އިން ނެރޭ ސްމާޓްފޯންތަކުގައި ޓެކްނިކަލް އެއްވެސް ބާގަނޑެއް ނުވަތަ ބަގެއް ހުރި ނަމަ އެކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްދީ އެކަން ހައްލުކުރަން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދޭ މީހުންނަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފި އެވެ.
ގޫގްލް އިން ނެރޭ ސްމާޓްފޯންތަކުގައި ޓެކްނިކަލް އެއްވެސް ބާގަނޑެއް ނުވަތަ ބަގެއް ހުރި ނަމަ އެކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްދީ އެކަން ހައްލުކުރަން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދޭ މީހުންނަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފި އެވެ.
ގޫގްލް އިން ނެރޭ ޕިކްސެލް ސީރީޒްގެ ފޯނުތަކުގައި ހުންނަ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ފާހަގަކޮށްދޭ މީހުންނަށް މީގެ ކުރިން އިނާމެއްގެ ގޮތުގައި ދެމުން އައީ 200،000 ޑޮލަރެވެ. ނަމަވެސް އެ ކުންފުނީގެ އެންމެ ފަހުގެ ފޯނުގެ ޓައިޓަން އެމް ސިކިއުރިޓީ ޗިޕްގައި އެއްވެސް ކަހަލަ ބާގަނޑެއް ހުރި ނަމަ އެކަން ފާހަގަކޮށްދޭ މީހަކަށް ދޭ އިނާމުގެ އަގު މިހާރު ވަނީ 1.5 މިލިއަން ޑޮލަރަށް ހިއްލާލައިފަ އެވެ.
ގޫގްލްއާ ހަވާލާދީ ބީބީސީން ބުނިގޮތުގައި 2015 އިން ފެށިގެން އެ ކުންފުނިން ވަނީ ބަގްތައް ސަމާލުކަމަށް ގެނެސްދީ ހައްލު ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކަށް އިނާމުގެ ގޮތުގައި 4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެއީ ފައިސާގެ ބޮޑު އިމާނެއްގެ ދަހިވެތިކަމުގެ ނާޖާއީޒު ފައިދާ ނަގައިފާނެ ކަމުގެ ބިރު ވެސް އޮތުމެވެ.
ގޫގްލް އަކީ މިކަހަލަ މަސައްކަތްތަކުގައި ފައިސާގެ އިނާމުދޭ ހަމައެކަނި ކުންފުންޏެއް ނޫނެވެ. އެޕަލް އާއި ސެމްސަންގާއި ފޭސްބުކާއި ބަޒްފީޑް ފަދަ ކުންފުނިތަކުން ވެސް ކަސްޓަމަރުންގެ ސެކިއުރިޓީއާ ގުޅުން ހުރި ޓެކްނިކަލް މައްސަލަތައް ފާހަގަކޮށްދޭ މީހުންނަށް ފައިސާގެ އިނާމު ދެ އެވެ.
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި
އާ އައިފޯނަށް ސެމްސަންގުން "މޮޅު" މަލާމާތެއް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ސެމްސަންގްގެ ބިޔަ މަޝްރޫއެއް ޓެކްސެސްއަށް
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި