07 ފެބުރުއަރީ 2022
ފަނޑިޔާރުންނަށް ބިރު ދައްކަން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.
ފަނޑިޔާރުންނަށް ބިރު ދައްކަން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.
ޕީޕީއެމް/ޕީއެންސީން އެ ގޮތަށް ނިންމީ، ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ހަޒާނާ އިން ވައްކަން ކުރި ކަން ފެންނަން އެބަހުރި ކަމަށާއި ނަމަވެސް އެ މަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެ ފަނޑިޔާރުން ވަކިނުކޮށް ތިބުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވުމުންނެވެ.
އެ މައްސަލާގައި ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ، މެޖޯރިޓީ ލީޑަރު ވާހަކަ ދެއްކެވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށާއި އެއީ ދައުލަތުގެ އެއްބާރު އަނެއްބާރުގެ ތެރެއަށް އަތްބާނާއި، ޖުޑިޝަރީ ހިސާރު ކުރުމުގެ އަމަލެއް ކަމަށެވެ.
ޝަރުއީ ދާއިރާ އަށް ބިރު ދެއްކުން ހުއްޓައިލުމަށް އެމްޑީޕީ އަށް ގޮވާލާ ކަމަށާއި އާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްއްކެވި ވާހަކައަކާ ގުޅިގެން އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ދައުވާއެއް ކޮށްގެން ނުވާނެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އާޒިމް ވިދާޅުވީ، ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.
އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި، ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރި ކަމާއި ބޭންކުގެ ލޯނަކާ ނުލައި ބޮޑު އިމާރާތެއް ހަދަނީ ދައުލަތުގެ ހަޒާނާ އިން އިންތިހާ އަަށް ފައިސާ ނަންގަވައިގެން ކަން އެންމެންނަށް އެނގެ އެވެ. އެހެންވެ، ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމަށް މަގުތަކަށް ނުކުމެވަޑައިގެން ޔާމީނަށް އުޅުއްވުމުގެ ފުރުސަތު ދޭންވީތޯ ވިދާޅުވެ އާޒިމް ސުވާލު އުފެއްދެވި އެވެ.
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
މުހިންމު ދެ ބިލް މަޖިލީހުން މިއަދު ފާސްކުރަނީ
ޕީޕީއެމް ސަޕޯޓަރުން ސުޕްރީމްކޯޓު ދޮށުގައި އަޑުއުފުލައިފި
ރައީސް ފުރާވަޑައިގަންނަވާ ވާހަކައަކީ ދޮގެއް: ތަރުޖަމާނު
ރައީސް ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށްފި
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟