Roadha Mihaaru
މޭ6ގެ ހަމަލާގެ ޝަރީއަތް އަވަސްކޮށްދޭން އެދުނިން: ޕީޖީ

މޭ 6 ގެ ހަމަލާގެ ޝަރީއަތް އަވަސްކޮށްދޭން ވާނީ އެދިފައި: ޕީޖީ

08 ފެބުރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރާވައި އެކަން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވަމުންދާތީ އެކަން އަވަސްކޮށްދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރާވައި އެކަން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވަމުންދާތީ އެކަން އަވަސްކޮށްދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ލަސް ކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބް އައްބާސް ފާއިޒް އިއްޔެ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ދައުވާ އުފުލިތާ މަސްތަކެއްވެފައިވާ އިރު ވެސް އެންމެ މީހެއްގެ ފިޔަވައި އެހެން މީހުންގެ މައްސަލަތައް އޮތީ އިބްތިދާއީ މަރުހަލާގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މީގެތެރެއިން ހުކުމެއް އައީ ރިމޯޓް ކޮންޓްރޯލަކުން ބޮން ގޮއްވާލި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ.

ޕީޖީ ހުސެއިން ޝަމީމް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ މިހާރު ހިންގާ ވަރަށް ވުރެން ސްޕީޑު އަވަސްކޮށް ހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދިވަޑައިގަތީ އާއްމު މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

"ޖިނާއީ ބޮޑު މައްސަލައެއް، އަދި ޕަބްލިކް އިންޓްރެސްޓް އޭގައި ބޮޑު. އެހެންވެ އަވަހަށް ހިންގައިދޭން އެދުނީ،" ޕީޖީ ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

މި ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ބޮޑު ތަހުގީގެވެ. މި ތަހުގީގުން ހަމަލާ ރޭވި މީހުންނާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި އެންމެން ހޯދައި ހައްޔަރުކުރި އެެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށާއި ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުންޏެވެ.