Roadha Mihaaru
އެސްޓީއޯ ރަމަޒާން ބާޒާރު: އެއްވަނައަށް ތުރުކީ ދަތުރެއް

އެސްޓީއޯ ރަމަޒާން ބާޒާރު: އެއްވަނައަށް ތުރުކީ ދަތުރެއް

10 ފެބުރުއަރީ 2022

އެސްޓީއޯގެ މި އަހަރުގެ ރަމަޒާން ބާޒާރު މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ މި އަހަރުގެ ރަމަޒާން ބާޒާރު މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. މި ސޭލް ކުރިއަށް ގެންދާނީ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގަ އެވެ.

އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ތަކެތިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ފުރަތަމަ ފަހަރަށް އެސްޓީއޯ އިން ވަނީ ކަރުދާސް ކޫޕަނުގެ ބަދަލުގައި ޑިޖިޓަލް ކޫޕަން ދޭން މި ސޭލްގައި ނިންމައިފަ އެވެ. އެސްޓީއޯއިން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އެތެރެ--- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އެތެރެ--- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެ ކުންފުނީގެ މާކޮމް ކޯޑިނޭޓަރު މަނާލް އަހުމަދު ސަމީރު ވިދާޅުވީ ޑިޖިޓަލް ކޫޕަން ދިން ނަމަވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޫޕަންތައް ފުރައިލެވެނެ ކަމަށެވެ. ކޫޕަންތައް ޑިޖިޓަލް ކުރީ ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކުރުމުގެ ގޮތުން، ކަރުދާސް ބޭނުންކުރުން މަދު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރު ވިޔަފާރި ކުރީމާ ނަންބަރަށް ދާނެ ލިންކެއް. އެ ލިންކާއެކު ކޫޕަންތައް ފިލް ކޮށްލެވޭނެ. ގިނަ ކޫޕަންތައް ފުރަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެއް ކޫޕަނުގައި މައުލޫމާތު ފުރައިލުމުން ބާކީ ހުރި ކޫޕަންތައް ވެސް ފިލް ކުރެވޭނެ. އެކި ކޫޕަންތަކުގައި އެކި މީހުންގެ މައުލޫމާތު ޖަހާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ،" މަނާލް ވިދާޅުވި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މި ސޭލްގައި ކޮންމެ ހަފުތާއަކު ގުރުއަތުން ނަސީބުވެރިއަކު ހޮވާއިރު، މުޅި ސޭލްގެ ގުރުއަތުން އެއްވަނައަށް ދާ މީހަކަށް ތުރުކީގެ ދެކޮޅު ޓިކެޓް ލިބޭނެ އެވެ. ޓިކެޓާއެކު ފަސް ދުވަހުގެ ދަތުރު އެލަވެންސަށް 1،000 ޑޮލަރު (15،420ރ.) ވެސް ދޭނެ އެވެ.

ގުރުއަތުން ހޮވާ އިތުރު 10 ނަސީބުވެރިންނަށް ވެސް އަގުހުރި އިނާމުތަކެއް ވެސް އެސްޓީއޯ އިން ވަނީ ހުށަހަޅައިފަ އެވެ.