Roadha Mihaaru
ރޯދަ އަށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

ރޯދަ އަށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

16 އެޕްރީލް 2019

ރޯދަމަހާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު މިހާރު ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަމަހާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު މިހާރު ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ ބިސް ކޭހެއް 270ރ. އަށް، ފިޔާ ބަސްތާއެއް 140ރ. އަށް އަދި އަލުވި ބަސްތާއެއް 180ރ. އަށް ލިބޭނެ ކަމަށެވެ. އަދި 25 ބަސްތާ އަށް ވުރެ ގިނައިން ގަންނަ ނަމަ ކޮންމެ ބަސްތާއަކުން 10ރ. އަގު ހެޔޮވާނެ އެވެ. ބިސް ވެސް 25 ކޭހަށް ވުރެ ގިނައިން ގަންނަ ނަމަ ކޭހަކުން 10ރ. ހެޔޮވާނެ އެވެ.

ވަކިން ވިއްކާ އަގުތައް

ބިހެއް: 1.50ރ.

އަލުވި ކިލޯއެއް: 8.50ރ.

ފިޔާ ކިލޯއެއް: 7.00ރ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރޯދަމަހަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް އައުމާ އެކު ބާޒާރުގައި މިހާރު ލިބޭ އަގަށް ވުރެ ހެޔޮ އަގެއްގައި މިތަކެތި ލިބޭނެ ކަމަށެވެ. އަދި ރޯދަ މަސް ނިމެންދެން މި އަގުގައި ތަކެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން މިބާވަތްތަކުން އަގުތައް ހެޔޮ ކުރެ އެވެ. މިއީ އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކަށް ވުމުން އާންމުގޮތެއްގައި ރަމަޟާން މަހާ ދިމާކޮށް އަމިއްލަ ފިހާރަތަކުން ލިބެން ހުންނަ އަގު ބޮޑުވެ އެވެ.

މިދިޔަ އަހަރު ރޯދަމަހަށް އެސްޓީއޯ އިން ބިހެއް ވިއްކާފައި ވަނީ 1.60ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 200ރ. އަށް ވިއްކި އިރު ފިޔާ ބަސްތާއެއް ވިއްކަމުން ދިޔައީ 170ރ. އަށެވެ.