Roadha Mihaaru
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު 500،000ރ.ގެ އިނާމު!

18 މާޗް 2018

ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ވިޔަފާރި ކުރާ މީހުންނަށެވެ.

ޕްރޮމޯޝަނުގެ ތެރެއިން އެސްޓީއޯ އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި، ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ 1،000ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ގުރުއަތުން ދިމާވާ މީހުންނަށް މުޅި ޕްރޮމޯޝަން ތެރޭގައި 500،000ރ.ގެ އަގުހުރި އިނާމުތައް ދޭނެ އެވެ. އަދި ވަގުތުން ހިލޭ ލިބޭ އިނާމްތަކުގެ ގޮތުގައި ހިޓާޗީ ބައެއް ސާމާނާއި އައިސް އަލަމާރި އާއި ވެކިއުމް ކްލީނަރު ފަދަ އެތައް ސާމާނެއް ހިމެނެ އެވެ.

މިއަހަރުގެ ރަމަޒާން ބާޒަރަށް ހާއްސަކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުގައި އަގު ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނީ މިއީ ގޭތެެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނު އެއްތަނަކުން ހެޔޮއަގެއްގައި ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕްރޮޑަކްޓް ދައްކާލުންތައް ކުރިޔަށް ގެންދަން ވެސް ހަމަޖެހިފައިވެ އެވެ.