ރާއްޖެ އެތެރެކޮށްފައިވާ ދޫނިތައް މަރާލެވުނީތީ ދެރަވާ ކަމަށާއި އެކަން ކުރުމުގައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓްރީން މިއަދު ދީފި އެވެ.
10 ފެބުރުއަރީ 2022
ރާއްޖެ އެތެރެކޮށްފައިވާ ދޫނިތައް މަރާލެވުނީތީ ދެރަވާ ކަމަށާއި އެކަން ކުރުމުގައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓްރީން މިއަދު ދީފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރި ފަސް ޝިޕްމަންޓެއްގައި ހުރި 120 ދޫނި އަނިޔާވެރިކޮށް ނައްތާލާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މައްސަލައިގައި ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ އެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އެކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދޫނިތައް ނައްތާލި ގޮތް ތަފްސީލްކޮށްދެމުން ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ ގަހާއި ޖަނަވާރު އިންސްޕެކްޓްކޮށް ކަރަންޓީން ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ދެމުން އަންނަ އަސާސީ ހިދުމަތެއް ކަމަށެވެ. އެކަމަކު ގަވާއިދާ ހިލާފަށް އެތެރެ ކުރާ ތަކެތި ނައްތާލަން ޖެހޭ ހާލަތްތަކުގައި ނައްތާލަމުން އަންނަނީ ގާނޫނާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދޫނިތަކަށް އިންޖެކްޝަން ޖަހައިގެން މަރާލި ގޮތުގެ ވީޑިއޯ އާއްމުވެ، އެތައް ބަޔަކު އެކަން ކުށްވެރިކޮށްފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލައި ރިޕޯޓެއް ފޮނުވައިދޭން ވެސް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.
މި ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މިއީ ލިބެން ހުރި މައުލޫމާތާއި ލިޔެކިޔުމުގެ މައްޗަށް ބިނާކޮށް ކަން ހިނގި ގޮތުގެ ހަގީގަތް ދެނެގަނެ، ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމަށް ތައްޔާރު ކުރާ ރިޕޯޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ދިރޭ ތަކެއްޗަށް ލިބެން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދޭ ކަމަށެވެ. އަދި އާއްމު ސިއްހަތު ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ޕްލާންޓް އެންޑް އެނިމަލް ކަރަންޓީންގެ ހިދުމަތް ރާއްޖޭގައި އިތުރަށް ހަރުދަނާކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރާއްޖެއަށް ދިރޭތަކެތި އެތެރެ ކުރާއިރު ގާނޫނާއި ގަވާއިދާ އެއްގޮތުގެ މަތިން އެތެރެ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ
ދޫނިތައް މަރާލި ގޮތުގެ ރިޕޯޓް ރައީސަށް ފޮނުވައިފި
ދޫނިތައް މަރާނުލައި، ހެދޭނެ ގޮތް ނައީމްގެ ވިސްނުމުން
ދޫނިތައް ނުމަރާ ފޮނުވާލެވޭނެ: އޭޖީ އޮފީސް
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ކޯޓަށް ހުށަހަޅައިފި
ގަވާއިދާ ހިލާފް މަސްވެރިކަން ހުއްޓުވަން ފިޔަވަޅު އަޅަނީ
ބަތަލާ ކުއްޔަށް ދިނުމުގައި އިދާރާތަކުގެ އިހުމާލު
މަސްވެރިކަަމަށް ޒުވާނުން ނެރޭ ޕްރޮގްރާމަށް ހުޅުވާލައިފި