ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލު ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 މާޗް 2022
ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލު ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫނީގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓްގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ހިމެނެ އެވެ.
އެ ދޫނިތައް ރާއްޖެ އެތެރެކުރި މުއްދަތުން ފެށިގެން ހަތަރު މަސް ވަންދެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކަރަންޓީނު ފެސިލިޓީގައި ބޭތިއްބުމަށް ފަހު، އިންޖެކްޝަން ޖަހައިގެން ދޫނިތައް މަރައިލި މައްސަލަ ހޫނުވީ ވީޑިއޯތަކެއް އާންމުވުމުންނެވެ. އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން، ރައީސް އެންގެވީ އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ، ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ރިޕޯޓް ރައީސްއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު ރިޕޯޓްގައި ހިމެނޭ ކަންކަން ހާމަކުރައްވާނީ އެ މައްސަލައާ ގުޅިގެން ވަކި އެއްޗެއް ރައީސް އޮފީހުން ފާހަގަކުރެއްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ ކުރިން ވެސް ރާއްޖޭގައި އަމަލުކުރަމުން އައި ގޮތެވެ. މި ފަހަރު މައްސަލަ ހޫނުވީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުން ހިފަހައްޓާ ތަކެތި ނައްތައިލުމާއި އަނބުރާ ފޮނުވައިލުމުގެ އިހުތިޔާރު ގަވާއިދުގައި ދީފައި އޮތަސް އެ ކަމަށް ހިނގާ ހަރަދު އެ އެއްޗެއް އެތެރެކުރި ފަރާތަކުން ދޭން ޖެހެ އެވެ. ދޫނިތައް މަރައިލި މައްސަލަ ހޫނުވުމުން، އެ ތަކެތި ނައްތައިލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ބުންޏެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ ދޫނި ގެނައި ގައުމަކަށް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި ދޫނިތައް އަނބުރާ ފޮނުވައިލުމުގެ ހަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށާއި ނަމަވެސް އެ ނައްތާލި ދޫނިތަކާ މެދު ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަމަލުނުކުރާ ކަމަށެވެ.
ދޫނިތައް ކަރަންޓީން ކުރުން ފިޔަވައި، އެ ތަކެތި އެތެރެކުރި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ފިޝަރީޒް މިނިސްޓްރީން އަޅާފައި ނުވާ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުންޏެވެ.
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުން އަންނަ މަހު
މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ
ފިޝަރީޒްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ޗިކާ
ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
"ދޫނި މަރާލުމުގައި އިހުމާލުވި ނަމަ ފިޔަވަޅުއަޅާނަން"
ދޫނިތައް މަރާނުލައި، ހެދޭނެ ގޮތް ނައީމްގެ ވިސްނުމުން
ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އަންގަވައިފި
ދޫނިތައް ނުމަރާ ފޮނުވާލެވޭނެ: އޭޖީ އޮފީސް
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި