Roadha Mihaaru

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

10 ފެބުރުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހު 15 ގައި ކަމަށެވެ.

މިދިޔަ މަހު ރައީސް ވަނީ އަބޫދާބީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ވެސް ދަތުރުފުޅެއް ކުރައްވައިފަ އެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ޑިސެމްބަރު 30 ގައި ލަންކާ އަށް ވެސް ވަޑައިގަތެވެ.