Roadha Mihaaru
އުރީދޫ ޕޯސްޓްޕެއިޑް ހިޔާރު ކުރަންވީ ކީއްވެ؟

އުރީދޫ ޕޯސްޓްޕެއިޑް: ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ޑޭޓާ ރޯލްއޯވާ

12 ފެބުރުއަރީ 2022

ފަހަކަށް އައިސް ރާއްޖޭގައި ޕޯސްޓްޕެއިޑް ނަންބަރުތައް ގެންގުޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޕްރިޕެއިޑާ އަޅާ ބަލާއިރު ގިނަ ބަޔަކު ޕޯސްޓްޕެއިޑް ހިޔާރު ކުރަނީ މަހަކު ވަކި ބަޖެޓެއް ކަނޑައަޅައިގެން ސީދާ އެ ބަޖެޓަކަށް ފެތޭވަރުގެ ޕެކޭޖުތައް ލިބެން ހުންނާތީ އެވެ. މިގޮތަށް ޕޯސްޓްޕެއިޑުގެ ޕްލޭންތައް އެންމެ ފުރިހަމަ އެއް ކުންފުންޏަކީ އުރީދޫ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޕޯސްޓްޕެއިޑް ނަންބަރުތައް ގެންގުޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޕްރިޕެއިޑާ އަޅާ ބަލާއިރު ގިނަ ބަޔަކު ޕޯސްޓްޕެއިޑް ހިޔާރު ކުރަނީ މަހަކު ވަކި ބަޖެޓެއް ކަނޑައަޅައިގެން ސީދާ އެ ބަޖެޓަކަށް ފެތޭވަރުގެ ޕެކޭޖުތައް ލިބެން ހުންނާތީ އެވެ. މިގޮތަށް ޕޯސްޓްޕެއިޑުގެ ޕްލޭންތައް އެންމެ ފުރިހަމަ އެއް ކުންފުންޏަކީ އުރީދޫ އެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ ގިނަ ޕްލޭންތަކަކުން ބޭނުންވާ ޕްލޭނެއް ނެގުމުގެ ފުރުސަތު ދީފަ އެވެ. ހަތަރު ބަޔަކަށް އެ ކުންފުނީގެ ޕްލޭންތައް ބަހާލާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ "ނެޓް ހެޔޮ ޕޯސްޓްޕެއިޑް" އާއި "އާޗާ ޕޯސްޓްޕެއިޑް" އާއި "އެކު ޕޯސްޓްޕެއިޑް" އާއި "ވަރަށް ތަފާތު ޕޯސްޓްޕެއިޑް" އެވެ. ކޮންމެ ޕްލޭނެއްގެ ދަށުން ވެސް ކަސްޓަމަރުންނަށް ގިނަ ޕެކޭޖުތަކެއް ވެސް ލިބެން ހުރެ އެވެ.

އުރީދޫގެ ނެޓް ހެޔޮ ޕޯސްޓްޕެއިޑަކީ އަގުހެޔޮ ޕްލޭންތަކެއް އެކުލެވޭގޮތަށް ހަދާފައިވާ ޕެކޭޖުތަކެކެވެ. މީގެ ތެރޭގައި 400ރ. އަށް 16ޖީބީ ލިބޭ ޕެކޭޖާއި 600ރ. 20ޖީބީ، 800ރ. 32ޖީބީ ލިބޭ ޕެކޭޖު ހިމެނެ އެވެ.

އެ ކުންފުނީގެ އާޗާ ޕޯސްޓްޕެއިޑް ހާއްސަވަނީ ހަ ގުނަ އިތުރު ޑޭޓާ މިހާރު ލިބުމެވެ. މިއީ މިގޮތަށް ރާއްޖޭގައި ތައާރަފު ކުރި ފުރަތަމަ ޑޭޓާ ޕްލޭނަށް ވާއިރު ކަސްޓަމަރުންގެ ޑެއިލީ ޔޫސޭޖަށް ބަލައިގެން ބޭނުންވާ ޕެކޭޖެއް ހިޔާރު ކުރެވޭނެ އެވެ. މި ޕެކޭޖުތަކުގެ ތެރޭގައި 600ރ. އަށް ދުވާލަކު ދެ ޖީބީ އާއި 800ރ. އަށް ދުވާލަކު ހަތަރު ޖީބީ އާއި 1000ރ. އަށް ދުވާލަކު ހަ ޖީބީ ލިބޭ ޕެކޭޖުތައް ހިމެނެ އެވެ.

އުރީދޫގެ އެކު ޕޯސްޓްޕެއިޑާއި ވަރަށް ތަފާތު ޕޯސްޓްޕެއިޑަކީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ދެ ޕްލޭނެވެ. މި ޕްލޭންތައް ނަގާ ކަސްޓަމަރުންގެ ތެރެއިން 600ރ. އިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް އުރީދޫން ދެ އެވެ. މިއީ ރާއްޖޭގައި ޕޯސްޓްޕެއިޑް ޕްލޭންތަކަކަށް ޑޭޓާ ރޯލް އޯވާ ހިދުމަތް ދޭ ހަމައެކަނި ކުންފުންޏެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތަކީ ކޮބާ؟

ކޮންމެ މަހަކު ވެސް ބޭނުން ކޮށްފައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުން ކުރަން ގިނަ ބަޔަކު ބޭނުންވާއިރު ޑޭޓާ ރޯލް އޯވާގެ ހިދުމަތަކީ މިއީ އެވެ. އެ މަހެއްގައި ބޭނުން ކޮށް ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުން ކުރެވުމެވެ.

އުރީދޫން މި ހިދުމަތް ތައާރަފު ކުރީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގަ އެވެ.

މި ހިދުމަތް އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދޭން ފެށީ ވެސް އެ ހިދުމަތަށް ދިވެހިން އެންމެ ބޭނުންވެފައި ތިބި ދުވަސްކޮޅެއްގަ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދާއިރު އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ކުއްލިއަކަށް ޖެހުނީ ޑިޖިޓަލް ކުރާށެވެ. މީގެ ތެރޭގައި ވިޔަފާރި ކުރުމާއި އާއިލީ ގުޅުން ބަދަހި ކުރުމާއި ތައުލީމު ހާސިލް ކުރުން ވެސް ޑިޖިޓަލް ވެގެންދިޔަ އެވެ. މި ދުވަސްވަރު އުރީދޫން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފު ކުރި ހިދުމަތް ވެގެންދިޔައީ އެތައް ބަޔަކަށް ލިބިގެން ދިޔަ ލުޔަކަށެވެ.

ކޮވިޑާއެކު އައި ބަދަލުތަކާއެކު އެންމެ ބޮޑު ބަދަލަކަށް އައީ އިންޓަނެޓް ބޭނުން ކުރަން ޖެހޭ މިންވަރު އިތުރުވުމެވެ. ޑޭޓާ ރޯލް އޯވާ ހިދުމަތް ލިބުމުން އެއް މަހުގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހު ވެސް ލިބުމުން އެ މަހު ލިބޭ ޖުމްލަ ޑޭޓާ އިތުރުވެގެންދާނެ އެވެ. މީގެ ސަބަބުން އެއްވެސް ގޮތަކަށް ޑޭޓާ އިސްރާފު ނުކޮށް، އެންމެ ބޭނުންތެރި ގޮތުގައި އިންޓަނެޓްގެ ބޭނުން މިހާރު ހިފޭނެ އެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު 200ޖީބީއާ ހަމައަށް އިތުރު ޑޭޓާ ޖެހިގެން އަންނަ މަހުގެ ޕްލޭނަށް އެއްކުރެވެއެވެ. އެއީ ސޯޝަލް މީޑިއާ އާއި އެޑްއޯންސްގެ ގޮތުގައި ނަގާ ޑޭޓާގެ އިތުރުން ނަގާ ޑޭޓާ އެލަވެންސެވެ. އެގޮތުން، 600ރ. އަދި 800ރ. ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 30ޖީބީއާ ހަމައަށް ޑޭޓާ ރޯލްއޯވާ ކުރެވޭއިރު 1000ރ. އިން މަތީގެ ޕްލޭންތަކަށް 200ޖީބީއާ ހަމައަށް ޑޭޓާ ރޯލްއޯވާ ކުރެވޭނެ އެވެ.

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑަށް ބަދަލުވާން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓުން ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ޕްލޭނަކަށް ބަދަލު ކުރެވޭނެ އެވެ. އަދި ޕޯސްޓްޕެއިޑް އީސީމް ވެސް މިހާރު އެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.