Roadha Mihaaru
އުރީދޫ 5ޖީ އެއާ ފައިބަ: ކުދި ވިޔަފާރިތަކަށް ހާއްސަ

އުރީދޫ 5ޖީ އެއާ ފައިބަ: ކުދި ވިޔަފާރިތަކަށް ހާއްސަ

23 މާޗް 2021

ކޮވިޑް-19އާ ގުޅިގެން ގިނަ ވިޔަފާރިތަކެއް މިހާރު ވަނީ ޑިޖިޓަލް ޕްލެޓްފޯމުތަކަށް ބަދަލުކޮށްފަ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ބަލިމަޑުކަމުން އަރައިގަނެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ވިޔަފާރިތައް ހިންގާނީ ޑިޖިޓަލް ޕްލެޓްފޯމުތަކުގަ އެވެ. ވިޔަފާރި ކުރާ މީހުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް މިގޮތް ރަނގަޅީ އެވެ.

ރާއްޖޭގެ ގިނަ ވިޔަފާރިތައް މިހާރު ހިންގަނީ އޮންލައިންކޮށެވެ. އޭގެ ތެރޭގައި ގިނައީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. އެހެންކަމުން މިފަދަ ވިޔަފާރިތައް އޮންލައިންކޮށް ހިންގަން އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު މިހާރު މިވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ. އަދި ވިޔަފާރި ކުރިއަރުވަން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ހަލުވި އިންޓަނެޓްގެ ބޭނުން ޖެހިފަ އެވެ.

މިފަދަ ވިޔަފާރިތަކަށް އުރީދޫ މޯލްޑިވްސް އިން ހައްލެއް ހޯދައިދީފި އެވެ. އެ ކުންފުނިން ތައާރަފުކުރި ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ، 5ޖީ، އަކީ މިވަގުތު ކުދި ވިޔަފާރިތަކަށް އެންމެ ބޭނުންތެރި ހިދުމަތެވެ.

5ޖީ ނެޓްވޯކަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގައި އިންޓަނެޓް ސްޕީޑް އެތައް ގުނައަކަށް އަވަސްވެފައި ލޭޓެންސީ ހަ މިލި ސިކުންތައް ކުޑަ ކޮށްދޭ ހިދުމަތެކެވެ. އެހެންކަމުން ގިނަ އަދަދެއްގެ ވިޔަފާރިތަކުން މިހާރު ބޭނުންވަނީ މި ހިދުމަތެވެ.

އުރީދޫ 5ޖީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ބައިވެރިވެލައްވަނީ— ފޮޓޯ: އުރީދޫ

އުރީދޫ 5ޖީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ބައިވެރިވެލައްވަނީ— ފޮޓޯ: އުރީދޫ

އުރީދޫގެ 5ޖީގެ ހިދުމަތަށް މިހާރު ހާއްސަ މޮޑަމްއެއް ދެ އެވެ. އުރީދޫގެ "5ޖީ އެއާ ފައިބަ" މޮޑެމްއަކީ ފައިބަ ކަނެކްޝަނަކާ ނުލައި ފަސޭހަކަމާ އެކު ބޭނުންކުރެވޭ އެއްޗެކެވެ. އެހެންކަމުން ފައިބައި ކޭބަލެއް އެޅެންދެން 5ޖީގެ ހިދުމަތް ނުހޯދި ގިނަ ދުވަސް ހޭދަކުރާކަށް ނުޖެހޭނެ އެވެ.

އުރީދޫން ބުނާ ގޮތުގައި މި މޮޑެމް ތައާރަފުކުރީ އަލަށް ފަށާ ވިޔަފާރިތަކަށާއި އެއް ތަނުން އަނެއް ތަނަށް ބަދަލުވާ ވިޔަފާރިތަކުގެ އިތުރުން ކުދި ތަންތަނުގައި ވިޔަފާރި ހިންގާ މީހުންނަށް ހާއްސަކޮށްގެންނެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން އޮންލައިންކޮށް ވިޔަފާރި ހިންގާ ފަރާތްތަކަށް ކަސްޓަމަރުންނާ ގުޅުން ބަދަހިކުރަން ވެސް ފަސޭހަ ވާނެ އެވެ. އަދި އިންޓަނެޓް ލަސްވެގެން ހިދުމަތް ނުދެވި ތިބޭކަށް ވެސް ނުޖެހޭނެ އެވެ.

މީގެ އިތުރުން ވީޑިއޯ ކޮންފަރެންސެއް ނުވަތަ އެ ނޫން ވެސް ހަފްލާއެއް އޮންލައިންކޮށް ބާއްވަން ބޭނުންވާ ނަމަ މައްސަލައެއް ދިމާނުވެ ހަލުވިކަމާ އެކު، އެ މޮޑެމް މެދުވެރިކޮށް ލައިވް ވެސް ކޮށްލެވޭނެ އެވެ.

އުރީދޫން ވަނީ މިހާތަނަށް މާލޭގެ 75 ޕަސެންޓަށް 5ޖީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކުގައި ވެސް މި ހިދުމަތް ތައާރަފުކުރާނެ އެވެ.

އެ ކުންފުނީގެ މަގުސަދަކީ ރާއްޖެއަކީ މުވާސަލާތީ ދާއިރާއިން ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެއް ހަމައެއްގައި އޮތް ތަނަކަށް ހެދުމެވެ.

ދުނިޔެއަށް ޓެލެކޮމިއުނިކޭޝަން ދާއިރާއިން ތައާރަފުވާ ކޮންމެ އާ އީޖާދެއް އުރީދޫން އަންނަނީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.