މާސީސައިޑް (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ލީޑްސް ޔުނައިޓެޑް 3-0 އިން ބަލިކޮށް ލަމްޕާޑާއާ އެކު ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
13 ފެބުރުއަރީ 2022
މާސީސައިޑް (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ލީޑްސް ޔުނައިޓެޑް 3-0 އިން ބަލިކޮށް ލަމްޕާޑާއާ އެކު ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ލަމްޕާޑް، އެވަޓަންއާ މިދިޔަ މަހުގެ 31 ގައި ހަވާލުވިއިރު ޓީމު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައި، ޓޭބަލްގެ 16 ވަނައިގަ އެވެ. އާ ކޯޗާއެކު ފުރަތަމަ ކުޅުނީ އެފްއޭ ކަޕް މެޗެކެވެ. އެފްއޭ ކަޕްގައި ފަސޭހަކަމާއެކު ބްރެންޓްފޯޑް ބަލިކުރި ނަމަވެސް ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ވަނީ ބަލިވެފަ އެވެ.
ރޭގެ މޮޅަކީ އެވަޓަން ލީގްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވި ފުރަތަމަ މެޗެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާސެނަލް އަތުން އަމިއްލަ ދަނޑުގައި މޮޅުވި ފަހުން އެ ޓީމު ވަނީ ލީގުގައި ފަސް މެޗުން ބަލިވެފަ އެވެ.
ކޯލްމަން އެވަޓަންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ޕްރިމިއާ ލީގު
ރޭގެ މެޗުގެ 10 ވަނަ މިނިޓުގައި އެވަޓަން އިން ލަނޑެއް ޖަހައި ކުރި ހޯދިިއިރު، އެ ލަނޑު ކާމިޔާބު ކޮށްދިނީ ޝޭމަސް ކޯލްމަން އެވެ. އަދި 23 ވަނަ މިނިޓުގައި މައިކަލް ކީން، އިތުރު ލަނޑެއް ޖަހައި އެވަޓަން އަށް ލީޑު ފުޅާކޮށްދިނެވެ. އެވަޓަންގެ ތިންވަނަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ރިޗާލިސަން އެވެ.
މި މެޗުގައި ލީޑްސްގެ ރޮޑްރިގޯ ފޮނުވައިލި ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ ސްޓުއާޓް ޑަލާސް އަށް އަނިޔާވެގެން މެޗުގެ ހަތްވަނަ މިނިޓުގައި ބަދަލު ކުރަން ޖެހުނެވެ.
އެވަޓަން މި ވަގުތު 16 ވަނައިގައި އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ފަސް ޕޮއިންޓް ކުރީގަ އެވެ. މިހާތަނަށް ކުޅުނު 22 މެޗުން އެވަޓަން ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ. ލީޑްސް ޔުނައިޓެޑް އޮތީ އެއް މެޗު މަދުން ކުޅެގެން 23 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.
ކީން، އެވަޓަންގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: ޕްރިމިއާ ލީގު
ލީޑްސް އަށް މި މަހު ދެން ކުރިޔަށް އޮތީ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ އަށް ފަހު އަންނަ މަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
ލީގު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ވަނީ ރޭ ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅެ 4-0 އިން މެޗު ކާމިޔާބު ކޮށް، ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ.
ރޭގެ މެޗުގައި މެންޗެސްޓާ ސިޓީގެ ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން އާއި ފިލް ފޮޑެން އެވެ. ސްޓާލިން ވަނީ ރޭގެ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މިއީ އޭނާ ލީގުގައި ސިޓީއަށް ޖަހައިދިން ފަސްވަނަ ހެޓްރިކެެވެ.
ސްޓާލިން އޭނާގެ ހެޓްރިކާ ފުރިހަމަ ކުރުމަށް ފަހު. -- ފޮޓޯ: ޕްރިމިއާ ލީގު
މެންޗެސްޓާ ސިޓީގެ މި މޮޅާއެކު، އެ ޓީމު ވަނީ ކުޅުނު 25 މެޗުން 63 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ލިވަޕޫލް ކުޅުނު 23 މެޗުން ވަނީ 51 ޕޮއިންޓް ހޯދައިފަ އެވެ.
ބްރެންޓްފޯޑާއި ކްރިސްޓަލް ޕެލަސް ރޭ ލީގުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވިއިރު، ބްރައިޓަން ވަނީ 2-0 އިން ވަޓްފޯޑް ބަލި ކޮށްފަ އެވެ. ބްރައިޓަންގެ ލަނޑުތައް ޖަހައިދިނީ ނީލް މޯޕޭ އާއި އެޑަމް ވެބްސްޓާ އެވެ.
މިއީ ވަޓްފޯޑުގެ ކޯޗުކަމުން ކްލައުޑިއޯ ރަނިއޭރީ ދުރުކޮށް، ޖެނުއަރީގައި އެ މަގާމު ހަވާލުކުރި، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޑްސަންއާއެކު އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ޕެނަލްޓީ ނުދިނުމުން ލަމްޕާޑްގެ ނުރުހުން ވީއޭއާރަށް
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ގަވާއިދާ މެދު ގާޑިއޯލާ އާއި އިދިކޮޅު ކޯޗު އެއްގަލަކަށް
އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި
އިވެންޓަކާހެދި މެޗު ނުކުޅެވުމަކީ މައްސަލައެއް: ގާޑިއޯލާ
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ރެލިގޭޝަންގެ ބިރާއެކު އެވަޓަން އިން ލަމްޕާޑް ބޭރުކޮށްފި
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް
ފުލުގައި އޮތް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ