Roadha Mihaaru
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި

ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ، ޓެސްޓް ކުރަން ފަށައިފި

18 ފެބުރުއަރީ 2022

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަންޑުކުރައްވައިގެން، އުފައްދަމުން އަންނަ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެޕްގެ މަސައްކަތް ނިމެން ކައިރިވެފައިވާ އިރު، އެ އެޕް ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން ޓެސްޓް ކުރަން ފަށައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަންޑުކުރައްވައިގެން، އުފައްދަމުން އަންނަ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެޕްގެ މަސައްކަތް ނިމެން ކައިރިވެފައިވާ އިރު، އެ އެޕް ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން ޓެސްޓް ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާ އަށް ތިލަވެފައިވާ "ޓްރުތު ސޯޝަލް" ކިޔާ އެ އެޕްގެ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެ އެޕް އެންމެ ވައްތަރީ ޓުވިޓާއާ އެވެ.

ޓުވިޓާގައި ވަރަށް އެކްޓީވްކޮށް އުޅުއްވި ޓްރަމްޕް އެ އެޕުން ދާއިމަށް ބޭރުކޮށްލީ، އޭނާ ވެރިކަމުން ފައިބާވަޑައިގަންނަވަން ކައިރިވެފައި ވަނިކޮށް ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ކުރެއްވި ނަފުރަތު އުފައްދާ ޓުވީޓްތަކަކާ ގުޅިގެންނެވެ.

ޓުވިޓާގެ އިތުރުން ފޭސްބުކާއި ޔޫޓިއުބަށް ވެސް ޓްރަމްޕަށް ނުވަދެވޭ ގޮތް ހެދި އެވެ. އަމިއްލަ ސޯޝަލް މީޑިއާ އެޕެއްގެ މަސައްކަތް އޭނާ ފެއްޓެވީ އެހާ ހިސާބުންނެވެ.

ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނާލްޑް ޓްރަމްޕް ޖޫނިއާ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި އެ އެޕްގެ ސްކްރީންޝޮޓްތަކެއް ހިއްސާކުރެއްވި އެވެ. އޭނާ ޓުވީޓް ކުރެއްވީ އެ އެޕްގައި ޓްރަމްޕް ކުރައްވާފައިވާ ފުރަތަމަ ޕޯސްޓެވެ.

"ތައްޔާރުވޭ! ތިބޭފުޅުން އެންމެ ލޯބިވާ ރައީސް ވަރަށް އަވަހަށް އެންމެންނާ ބައްދަލުކުރައްވާނެ،" އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓުވިޓާއެކޭ އެއްގޮތަށް އެ އެޕްގައި ވެސް ލައިކް، ރިޓުވީޓް އަދި ރިޕްލައި އޮޕްޝަންތައް ހުރެ އެވެ. އެ އެޕްގެ ބީޓާ ޓެސްޓިން ފަށާފައިވާ އިރު، މިހާތަނަށް 500 އަށް ވުރެ ގިނަ ޔޫޒާސް އަށް މި އެޕް ޓެސްޓްކުރަން ދީފައިވެ އެވެ.

މި މަހު އެ އެޕް ރަސްމީކޮށް ލޯންޗު ކުރުމަށް ފަހު، އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދާނީ އަންނަ މަހު ފަހުކޮޅުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.