ހުޅުމާލޭ ކޯޓު އުވާލުމުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލިޔަސް، އެ ކޯޓު އުވާލަން ގާނޫނު އިސްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2022
ހުޅުމާލޭ ކޯޓު އުވާލުމުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލިޔަސް، އެ ކޯޓު އުވާލަން ގާނޫނު އިސްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެންމެ ހަނި އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވަނިކޮށް އެ ނިންމުން ރިވިއުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދިފަހުން އެދުމުން މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނިންމެވީ އެ ނިންމުން ރިވިއު ނުކުރުމަށެވެ.
ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އެޓާނީ ޖެނެރަލް ރިފްއަތު ކުރެއްވި ޓްވީޓެއްގައިވަނީ ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރަން އުފެއްދި ތަނެއް ކަމަށާއި އެ ކޯޓުގެ ސައްހަ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެކަމަކު މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ނިންމެވުމާ މެދު ވަކި އެއްޗެއް ވިދާޅުނުވެ، ރިފްއަތު ވިދާޅުވީ "ފާޅުކަން ބޮޑު ބޭ އިންސާފު" ރަނގަޅު ކުރަން ގާނޫނު އިސްލާހު ކުރާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓަކީ ސިޔާސީމަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއް.ޤާނޫނާ ޚިލާފު އެނިންމުން ނަގަހައްޓާފައިވަނީ31/އެސް-ސީއެސް/2012 ޤަޟިއްޔާއިން.ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެ!ޤާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑުބޭއިންޞާފު ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރާނަން https://t.co/GY9Nf7ujYg
— I Riffath (@ibriffath) February 20, 2022
އޭޖީގެ ޓްވީޓް
ހުޅުމާލޭ ކޯޓުގެ މައްސަލަ ކުރިން ހޫނުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު އެ ކޯޓުގައި ދައުވާ އުފުލުމުންނެވެ. އެ ކޯޓުން ސައްހަ ނޫން ކަމަށް ބުނެ އޭރު އުފެދުނު ގާނޫނީ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމިޔަސް، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އޮއްވައި ދައުލަތުން 2015 ވަނަ އަހަރު އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރީ ކްރިމިނަލް ކޯޓުގަ އެވެ.
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ނަޝީދަށް ފެހި "ކޯޓު": އެންމެފަހުން ރަށްމެދު ވީތަ؟
ހުޅުމާލޭގައި ކޯޓެއް ހުރުމުން ކަންބޮޑުވާންޖެހޭ:ހައި ކޯޓް
ހުޅުމާލޭ ކޯޓު މައްސަލަ: ޖޭއެސްސީގެ ބަޔާނަށް ބަދަލެއް!
ހުޅުމާލެ ކޯޓު އުވާލާ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި
ހުޅުމާލޭ ކޯޓު އުވާލުމުގެ ކަންކަން ޖޭއެސްސީން ފަށައިފި
އޭޖީގެ ހުށަހެޅުން: ސުޕްރީމް ކޯޓު ހުއްޓުވައިދީ!
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ
އަރީފު ކޯޓުގެ ދިފާއުގައި، ޖޭއެސްސީ މެމްބަރުން ދެކޮޅު!
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި