މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ އުނދަގޫތަކުގެ ސަބަބުން އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަން މިހާރު ރައްޓެހިވެގެން އުޅޭ އެކްޓަރު ޕީޓް ޑޭވިޑްސަން ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްފި އެވެ.
25 ފެބުރުއަރީ 2022
މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ އުނދަގޫތަކުގެ ސަބަބުން އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަން މިހާރު ރައްޓެހިވެގެން އުޅޭ އެކްޓަރު ޕީޓް ޑޭވިޑްސަން ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްފި އެވެ.
ކާންޔޭ އާ ވަރިވާން ހުށަހެޅުމަށް ފަހު ކިމް ވަނީ ޕީޓްއާ ދާދި ފަހުން ރައްޓެހިވެފަ އެވެ. އަދި އެ ދެމީހުން އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވާ އިރު ކާންޔޭ ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.
މި ފަހަކަށް އައިސް ކާންޔޭ އަންނަނީ އެތައް ބަޔަކަށް އޮންލައިންކޮށް ފުރައްސާރަކުރަމުންނެވެ. އޭގެ ތެރޭގައި އެންމެ ގިނަ ހަމަލާތަކެއް ރައްދުވެފައި ވަނީ ކިމް އަށެވެ.
ކިމް އަށް ރައްދުވަމުންދާ ބަހުގެ ހަމަލާތަކާއި އުނދަގުލާ ގުޅިގެން ޕީޓް ވަނީ ކާންޔޭ އަށް މެސެޖު ވެސް ކޮށްފަ އެވެ.
އެ މެސެޖުގައި ބުނެފައިވަނީ އެންމެން އެކުގައި މަސައްކަތް ކުރަން ވަރަށް މުހިއްމު ކަމަށެވެ. އަދި ކިމް އާއި ކާންޔޭގެ ދަރިން ތިބޭތީ އެކަމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެއަށް ކާންޔޭ ރައްދު ދިނީ އެ މެސެޖުތައް ސްކްރީންޝޮޓް ނަގައި ސޯޝަލް މީޑިއާ އަށް ލައިގެންނެވެ.
ކާންޔޭ ސޯޝަލް މީޑިއާ އަށް ލާފައިވާ ސްކްރީންޝޮޓުތަކާ އެކު އޭނާ ވަނީ ޕީޓްއާ ދިމާލަށް ވެސް ތަފާތު އެއްޗެހި ކިޔައިފަ އެވެ.
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
ކާންޔޭ 24 ގަޑިއިރަށް އިންސްޓަގްރާމުން ބޭރުކޮށްލައިފި
ކިމް އާއިލާގެ އެންމެން ކާންޔޭ އަންފޮލޯ ކޮށްފި
ކާންޔޭ ނުތޮޅޭ މީހެއް ނެތް
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ކާންޔޭ އަންހެނުން އުރާލައިގެން ބޮޑުބެރަށް ނަށަނީ
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި