Roadha Mihaaru
ކާންޔޭ 24 ގަޑިއިރަށް އިންސްޓަގްރާމުން ބޭރުކޮށްލައިފި

ކާންޔޭ 24 ގަޑިއިރަށް އިންސްޓަގްރާމުން ބޭރުކޮށްލައިފި

18 މާޗް 2022

އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް މި ފަހުން އިންސްޓަގްރާމްގައި މީހުންނަށް އުނދަގޫކޮށް ބިރުދައްކަން ފެށުމުން އޭނާގެ އެކައުންޓް 24 ގަޑިއިރަށް ސަސްޕެންޑުކޮށްފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް މި ފަހުން އިންސްޓަގްރާމްގައި މީހުންނަށް އުނދަގޫކޮށް ބިރުދައްކަން ފެށުމުން އޭނާގެ އެކައުންޓް 24 ގަޑިއިރަށް ސަސްޕެންޑުކޮށްފި އެވެ.

ކާންޔޭގެ ކުރީގެ އަންހެނުން އަދި ސޯޝަލް މީޑިއާގެ ރާނީ ކިމް ކަޑޭޝިއަން އަށް އޭނާ ވަނީ މިފަހުން އިންސްޓަގްރާމް އާއި އެނޫން ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެން އުނދަގޫކޮށް، ފުރައްސާރަ ކޮށްފަ އެވެ.

އެއާ އެކު ކާންޔޭ އަށް އެކި މީހުންގެ ފާޑުކިޔުން ރައްދުވެފައިވަނިކޮށް އޭނާ ވަނީ އެކަމަށް މަފާށް ވެސް އެދިފަ އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ކާންޔޭގެ އަމަލުތައް ކުރިއެކޭ އެއްގޮތަށް ބަދަލުވެއްޖެ އެވެ. މިފަހަރު މައްސަލަ މާ ބޮޑަށް ގޯސްވުމުން އެންމެފަހުން އިންސްޓަގްރާމުން އޭނާއާ މެދުގައި ފިޔަވަޅު އެޅީ އެވެ.

ކާންޔޭ ވަނީ ކިމް މިހާރު ރައްޓެހިވެގެން އުޅޭ ކޮމެޑިއަން ޕީޓް ޑޭވިޑްސަން އަށް އިންސްޓަގްރާމް މެދުވެރިކޮށް ބިރު ދައްކައިފަ އެވެ. އަދި އޭގެ އިތުރުން ކޮމެޑީ ސެންޓްރަލްގެ ހޯސްޓް، ޓްރެވާ ނޮއާގެ ފުރާނަ އަށް ނުރައްކާވާ ފަދަ އިންޒާރުތަކެއް ވެސް ދިނެވެ.

އެންމެފަހުން އެ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، އިންސްޓަގްރާމުން އޭނާ އެކައުންޓް ސަސްޕެންޑްކުރި އެވެ.

އެ އެކައުންޓާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ވެސް އިންސްޓަގްރާމުން ބުންޏެވެ. ނަމަވެސް އެކައުންޓް އެއްކޮށް ޑިލީޓުކޮށްލުމާ މެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ.