ޕާކިސްތާނުގެ އާއިލާއަކުން ހިންގާ ގާޑިޔަލަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ. އެ އާއިލާގެ އެކަކު ފިޔަވާ އެންމެންނަކީ ވެސް އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނެވެ.
ޕާކިސްތާނުގެ އާއިލާއަކުން ހިންގާ ގާޑިޔަލަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ. އެ އާއިލާގެ އެކަކު ފިޔަވާ އެންމެންނަކީ ވެސް އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނެވެ.
ވެރިރަށް އިސްލާމްއާބާދުގައި ހުންނަ މިލެނިއަމް ޔުނިވާސަލް ކޮލެޖް ކުރިމަތީގައި އެ ގާޑިޔާ ހިންގަނީ ފަސް މެމްބަރުންގެ އާއިލާއަކުންނެވެ. އެއީ މަންމަ އާއި ބައްޕަގެ އިތުރުން ދެ ފިރިހެން ދަރިންނާއި އަންހެން ކުއްޖެކެވެ. އެ އާއިލާގައި އަޑުއިވުމުގެ ނަސީބު ހަމައެކަނި ލިބިފައި ވަނީ އެންމެ ހަގު މެމްބަރު ކަމަށްވާ އައިޝާ ރަޒާ އަށެވެ.
"އަބޭ ކާއޯ" ކިޔާ އެ ގަޑީޔާ ހިންގުމުގެ ހިޔާލު އާއިލާ އަށް ދިނީ ވެސް އައިޝާ އެވެ. އައިޝާ މަގުސަދަކަށްވީ، އަޑުއިވުމުން މަހްރޫމުވުމުގެ ސަބަބުން ވަޒީފާއެއް ނެތިފައި ތިބި އޭނާގެ ބޭބެއިންނަށް ކުރާނެ މަސައްކަތެއް ހޯދައިދިނުމެވެ.
އަޑުއިވުމުން މަހުރޫމްވެފައިވާ އާއިލާއާކުން ޕާކިސްތާނުގައި ހިންގާ ގާޑިޔާ.-- ފޮޓޯ: ރޮއިޓާސް
"ޕާކިސްތާނުގައި އަޑުއިވުމުން މަހްރޫމުވެފައިވާ ގިނަ މީހުންނަށް ވަޒީފާ ނުލިބުމާއި އިޝާރާތުން ވާހަކަދެއްކުމުން އެ ކިޔަނީ ކީކޭކަން ގިނަ މީހުންނަށް ނޭނގުމާއި އެ މީހުންނަށް ހަމަހަމަކަން ނުލިބުމާއި އަދި ތަފާތުކުރުން ވެސް ވަރަށް ބޮޑު،" އައިޝާ ބުންޏެވެ.
"އެކަމަކު މި ގާޑިޔަލުގައި އެންމެ ވެސް ހިދުމަތް ހޯދާނީ އިޝާރާތުން."
އެ ގާޑިޔަލުން ވިއްކާ ސޭންޑްވިޗާއި ފްރެންޗް ފްރައިޒް ގަންނަން ގޮސް، އިޝާރާތުން އޯޑަރު ދޭނެ ގޮތް، ރީނދޫ ކުލައިގެ އެ ގާޑިޔަލުގެ ބޭރުގައި ކުރަހާފައިވެ އެވެ.
ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ތާލިބާނުން ބައްދަލުކުރި ތޯހާ އެނބުރި ޕާކިސްތާނަށް
ނުކުޅެދުންތެރިކަން ހުއްޓަސް ވަޒީފާ ދިނުމަކީ ހަމަހަމަކަން
ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ ދީފި
އަރަބި ކަނޑުން 2،000 ކިލޯ ޑްރަގް އަތުލައިގެންފި
ޕާކިސްތާނު ސުޕްރީމް ކޯޓު ދެ ފަނޑިޔާރަކު އިސްތިއުފާދީފި
"ޓެރަރިޒަމަށް ހައްލު ހޯދޭނީ ގައުމުތައް ގުޅިގެން"
އިސްލާމްއާބާދުގައި ބޮން ގޮއްވައި 12 މީހަކު މަރާލައިފި
ޕާކިސްތާނުގެ އިސް ޖެނެރަލަކު ރާއްޖެ ވަޑައިގެންފި