ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ހަމަޖައްސައިދީފި އެވެ.
20 ނޮވެމްބަރ 2025
ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ހަމަޖައްސައިދީފި އެވެ.
ގިނަ ބަޔަކަށް ވަޒީފާ ހަމަޖައްސައިދިނީ، އެމްޕީއެލްގެ "ފަހި ޕްރޮގުރާމް - އެކުއެކީ، ގުޅިގެން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ފެށި ހާއްސަ ޕްރޮގްރާމްގެ ދަށުންނެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 40 މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމުގެ ލިއުން ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެމްޕީއެލް އިން ބުނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދިން ނަމަވެސް އެ މީހުންގެ ގާބިލިއްޔަތުކަން ހުރި ދާއިރާތައް ދެނެގަތުމަށް ފަހު، އެ ދާއިރާތަކުން ކުރިއަށް އޮތް ތަނުގައި ދާއިމީ އޮނިގަނޑުގެ ތެރެއިން ވަޒީފާ ދޭން ހަމަޖެހިފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލް އިން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ފަސްޓް ލޭޑީ ސާޖިދާ މިއަދު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި އެމްޕީއެލްއިން ހދ. ކުޅުދުއްފުށި ޕޯޓުން ވަޒީފާ ދިން ދެ މީހަކާއި ސ. ހިތަދޫ ޕޯޓުން ވަޒީފާ ދިން ތިން މީހަކާއި މާލެއިން 35 މީހަކު ހިމެނެ އެވެ.
އެމްޕީއެލްއިން ވަޒީފާ ހަމަޖައްސައިދިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ލެވެލް ތިނެއްގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ވެސް އެ ކުންފުނީގެ ދާއިމީ ވަޒީފާގައި ތިބި ނުކުޅެދުންތެރިކަން ހުރި 32 މީހަކަށް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލް އިން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ފަސްޓް ލޭޑީ ސާޖިދާ މިއަދު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓް ބޭނުން ކުރެވޭނެ އެކްސެސިބިލިޓީ ފީޗާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ފީޗާ ތައާރަފްކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލް އިން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ދިނުމަށް މިއަދު ބޭއްވި ހަފުލާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް އަދި އެ ކުންފުނީގެ އެމްޑީ ރިޝްވާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިއީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓު ބޭނުން ކުރެވޭނެ މަގުފަހިކޮށްދިނުމަށް ތައާރަފްކުރި ފީޗާއެކެވެ. މި ފީޗާ ޓެސްޓުކޮށްފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެއްބާރުލުމާ އެކު އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ އެންމެންގެ ޝާމިލުވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމުގައި އެ ކުންފުންޏަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށެވެ.
ނުކުޅެދެނީ އެ ކުދިންނެއް ނޫން، މުޖްތަމައު
ނުކުޅެދުންތެރިކަން ހުއްޓަސް ވަޒީފާ ދިނުމަކީ ހަމަހަމަކަން
ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް
އެމްޕީއެލްއިން ބޮޑުކުރި އެލަވަންސް ނުދީގެން ޝަކުވާ!
4 ވެރިޔަކު ވަކިކުރީ އެޗްއޯޑީން މަދުކުރަން: އެމްޕީ
އެމްޕީއެލްގެ އިސްވެރިންތަކެއް ވަޒީފާއިން ވަކިކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ނަމަ އެމްޕީއެލްގެ ދަތުރު ހިލޭ
ޖިންސީ ގޯނާގެ މައްސަލައެއްގައި މުވައްޒަފަކު ސަސްޕެންޑް
ނުކުޅެދުންތެރިކަން ހުންނަ 20 މީހަކަށް ވަޒީފާ ދީފި
ބަލިކަށި މަގަތުފާލަމަކާ ހެދި ބޮޑު ރިސްކެއްގައި!