Roadha Mihaaru
އެމެރިކާއިން އެޅި ފިޔަވަޅުން ޕުޓިންއަށް އަސަރެއްނުކުރާނެ

އެމެރިކާ އިން އެޅި ފިޔަވަޅުން ޕުޓިންއަށް އަސަރެއް ނުކުރާނެ

26 ފެބުރުއަރީ 2022

މޮސްކޯ (ފެބްރުއަރީ 26) - ދުނިޔޭގެ ލީޑަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ޔުކްރޭނަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމުން ރައީސް ޕުޓިންއާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ފެބްރުއަރީ 26) - ދުނިޔޭގެ ލީޑަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ޔުކްރޭނަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމުން ރައީސް ޕުޓިންއާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެކަމަކު މި ފިޔަވަޅުތަކުން ޕުޓިން އަށް ކުރާނީ ކޮން އަސަރެއް ބާވަ އެވެ. ޕުޓިން އަކީ އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ އިތުރުން ނިއުކްލިއާ ބާރެއްގެ ވެރިއެކެވެ.

ވޮޝިންޓަނާއި ބްރަސެލްސް އިން ވަނީ ޕުޓިންގެ އިތުރުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފްގެ އެސެޓްތައް ފްރީޒްކޮށްފަ އެވެ. އެމެރިކާ އިން ވަނީ ދަތުރުކުރުން މަނާކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ. އެކަމަކު ޔޫރަޕިއަން ޔޫނިއަން އިން އެފަދަ ފިޔަވަޅެއް ނާޅަ އެވެ. ސަބަބަކީ ޑިޕްލޮމެޓިކް ޗެނަލްތަކަށް ފުރުސަތު ފަހިކޮށްފައި ބޭއްވުމެވެ.

އެމެރިކާ އިން އެޅި ފިޔަވަޅުން ޕުޓިން އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސަބަބަކީ ޕުޓިންގެ އެއްވެސް މުދަލެއް އެމެރިކާގައި ހުންނާނެ ކަމަށް ނުބެލެވޭތީ އެވެ.

އެކަމަކު ރަޝިޔާގެ ރައީސްއާ ދެކޮޅަށް ސީދާ ފިޔަވަޅު އެޅުމުން އެއީ ޕުޓިން އަށް ދިން އިންޒާރެކެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ބާކީވެދާނެކަމުގެ ސިގްނަލެކެވެ.

އެމެރިކާ އާއި ޔޫރަޕުން ވަނީ ރަޝިޔާގެ ބޭންކްތަކާއި ސަރުކާރުގެ ކުންފުނިތަކާ ދެކޮޅަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އަދި ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފުޅާކުރާ ނަމަ އިތުރު ފިޔަވަޅު އެޅުމަށް ދަނީ ވިސްނަމުންނެވެ.

އިނގިރޭސި ވިލާތުން ވެސް ވަނީ ޕުޓިން އާއި ލަވްރޯފް އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އަދި ރަޝިޔާގެ ޕްރައިވެޓް ޖެޓްތައް އިނގިރޭސި ވިލާތުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

ޕުޓިން އާއި ލަވްރޯފްގެ އިތުރުން އެމެރިކާގެ ބްލެކްލިސްޓުގައި ދެން ހިމެނެނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަދި ސީރިއާގެ ރައީސް ބައްޝާރުލް އަސަދެވެ.