އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އަލުން ވަޑައިގެން ފަހުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދައްކަވައިފިކަން ހާމަކުރެއްވުމާ އެކު ސައޫދީގައި އެ ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އަލުން ވަޑައިގެން ފަހުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދައްކަވައިފިކަން ހާމަކުރެއްވުމާ އެކު ސައޫދީގައި އެ ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ޔުކްރެއިން ހިފުމަށް 2022 ވަނަ އަހަރު އަމުރުކުރެއްވި ޕުޓިންއާ އެކު ފޯނުން ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި ކަމަށެވެ.
ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ޓްރަމްޕު ވަނީ މިކަމުގައި ޔުކްރެއިންއާ އެއްވެސް މަޝްވަރާއެއް އެމެރިކާއިން ނުކުރާ ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކުރައްވައިފަ އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އޭނާ [ޕުޓިން] މިތަނަށް ވަޑައިގަންނަވާނެ ކަމަށް، އަދި އަޅުގަނޑު އެތަނަށް ދާނެ ކަމަށް - އަދި ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާގައި ވެސް ބައްދަލުވާނެ ކަމަށް ބެލެވޭ،" ޕުޓިންއާ ބައްދަލު ކުރައްވަން ނިންމަވާފައިވާ ގޮތާ ބެހޭ ގޮތުން އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ދުރު ނޫން މުސްތަގުބަލެއްގައި އެކަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ހަފުތާގައި ރަޝިއާ އާއި އެމެރިކާ ގައިދީން ބަދަލުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރަޝިޔާއިން އިން ބުނީ ޕުޓިން އާއި ޓްރަމްޕުގެ ފޯން ކޯލް ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށެވެ. އެ ބޭފުޅުން "އެކުގައި މަސައްކަތް ކުރަންވީ ވަގުތު ޖެހިއްޖެ" ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަތް ކަމަށާއި ޕުޓިން ވަނީ ޓްރަމްޕް ރަޝިޔާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައި ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕު ކުރިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގަތުމުގެ 24 ގަޑިއިރު ކުރިން ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާ މޮޔައެއް ނޫން، ނިއުކްލިއާ ނުރައްކާ ވަނީ އިތުރު
ޝަރުތުތަކާ އެކު ޕުޓިން ބައިޑެންއާ ބައްދަލެއް ނުކުރާނެ